އަސްމާ އިނގިރޭސިވިލާތަށް އެރުމަށް ހުރަސްއެޅިއްޖެ
ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލްއަސަދުގެ އަނބިކަނބަލުން އަސްމާ އަލްއަސަދުގެ އިނގިރޭސިވިލާތުގެ ޕާސްޕޯޓު މުއްދަތު ހަމަވުމާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ސަންޑޭ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަސްމާ އަލްއަސަދުގެ އިނގިރޭސިވިލާތުގެ ޕާސްޕޯޓު މުއްދަތު ހަމަވެފައިވާތީ، އޭނާގެ އުފަން ރަށް ލަންޑަނަށް ދިއުމަށް މިހާރު ހުރަސްއެޅިފައިވެއެވެ. މި މަހުގެ ކުރީކޮޅު ރަޝިއާއިން ވަނީ އަލްއަސަދު އާއިލާއަށް އެ ގައުމުގައި ހިމާޔަތް ދީފައިވާ ކ...