Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޖެޓްބްލޫ އެއަރލައިންސް އަށް ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް
International

ޖެޓްބްލޫ އެއަރލައިންސް އަށް ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ކުންފުންޏެއް ކަމުގައިވާ ޖެޓްބްލޫއަށް 2 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށް އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓު(ޑީއޯޓީ)ން ނިންމައިފިއެވެ. ޑީއޯޓީ އިން ބުނީ މިއީ އެއަރލައިންގެ ފްލައިޓްތައް ގަވާއިދުން ލަސްވަމުން ދިއުމާ ގުޅިގެން ކުރެވުނު ޖޫރިމަނާއެއް ކަމަށެވެ. މިއީ ގަވާއިދުން ފްލައިޓްތައް ލަސްވުމާ ގުޅިގެން އެއްވެސް އެއަރލައިނަކަށް ޑީއޯޓީން ކުރި ފުރަތަމަ ޖޫރިމަނާ ކަމުގައިވާއިރު، ޑީއޯޓީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޖޫރިމަނާގެ ތެރެއިން 1 މިލިއަން ޑޮލަރު ދޫ...

ފައިޒާ ވެކްސިންގައި ހުއްދަކުރެވިފައިވާ މިންވަރަށްވުރެ ޑީއެންއޭ އިތުރު
International

ފައިޒާ ވެކްސިންގައި ހުއްދަކުރެވިފައިވާ މިންވަރަށްވުރެ ޑީއެންއޭ އިތުރު

ފައިޒަރގެ އެމްއާރްއެންއޭ ކޯވިޑް-19 ވެކްސިންގައި ހުއްދަކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ޑީއެންއޭ ހުންނަ ކަމަށް ޖަރނަލް އޮފް ހައި ސްކޫލް ސައިންސްގައި މި ހަފްތާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބުނެފިއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ވައިޓް އޯކް ކެމްޕަސް ލެބޯޓަރީގައި ސައިންޓިސްޓުން ކުރި މި ދިރާސާއިން ދައްކާގޮތުގައި، ފައިޒަރގެ ވެކްސިންގައި ހުރި ޑީއެންއޭގެ މިންވަރު ވަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށްވުރެ 6 އިން 470 ގުނައަށް އިތުރުވެފައެވެ. މިއީ ވާރލްޑް ހެލް...

ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި އެންމެ ނުލަފާ ރައީސް: ޓްރަމްޕް
International

ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި އެންމެ ނުލަފާ ރައީސް: ޓްރަމްޕް

އެމެރިކާގެ މިހާރުގެ ރައީސް ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ނުލަފާ ރައީސް ކަމަށް އެމެރިކާގެ ކުރީގެ ރައީސް އަދި އިންތިޚާބު ވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑެން އަކީ އެމެރިކާގެ ތާރީޚުގައި އެންމެ ނުބައި ނުލަފާ ރައީސް ކަމަށާއި އޭނާއަކީ މުޅިން ފެއިލްވެފައިވާ މީހެއްކަމަށެވެ. އަދި ބައިޑެންގެ އަމަލުތަކާއި އޭނާގެ އިންތިޚާބަށް ނުފޫޒު ފޯރުވާ ‘ބަޣާވާތްތެރިން’ ގެ އަމަލުތައް ހަނދާން […]

ޗައިނާގައި އައިފޯނުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި
International

ޗައިނާގައި އައިފޯނުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

އެމެރިކާގެ ޓެކްނޮލޮޖީ މައި ކުންފުނި އެޕަލްއިން ޗައިނާގެ މާކެޓުގައި ވާދަވެރިކަން އިތުރުވަމުން ދިޔުމާ ގުޅިގެން، އެ ގައުމުގައި އައިފޯނުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ. މިގޮތުން އެންމެ ފަހުގެ އައިފޯން މޮޑެލްތަކުގެ އަގުން 500 ޗައިނާ ޔުއާން (68.50 ޑޮލަރު) އަށްވުރެ ބޮޑު އަދަދެއް ހެޔޮކޮށްފައިވެއެވެ. އެޕަލްގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަން 4 ޖެނުއަރީން ފެށިގެން 7 ޖެނުއަރީއާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ވަކި ޕޭމަންޓް މެތަޑްތަކެއް ބޭނުންކޮށްގެން ގަންނަ އައިފޯނުތަކަށް މި […...

ކެލިފޯނިއާގައި މަތިންދާބޯޓެއް ވެއްޓި 2 މީހުން މަރުވެއްޖެ
International

ކެލިފޯނިއާގައި މަތިންދާބޯޓެއް ވެއްޓި 2 މީހުން މަރުވެއްޖެ

އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި ހުރި ވިޔަފާރި އިމާރާތެއްގެ ފުރާޅުގައި ޖެހި ކުޑަ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި 2 މީހުން މަރުވެ 18 މީހުން ޒަޚަމްވެއްޖެއެވެ. ފުލަރޓަން ޕޮލިސްގެ ތަރުޖަމާނު ކްރިސްޓީ ވެލްސް ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެތާންގެ ގަޑިން މެންދުރުފަހު 2:09 ގައެވެ. ހާދިސާ ހިނގާފައިވަނީ އޮރެންޖް ކައުންޓީގެ ފުލަރޓަން ސިޓީގައި ބުރާސްފަތި ދުވަހުއެވެ. ހާދިސާ ހިނގި ތަނަށް ފުލުހުންނާއި ފަޔަރ ސަރވިސްގެ އޮފިސަރުން އަވަހަށް އައިސް އަލިފާން ނިއްވުމުގެ މަސަ...

ބޮޑެތި މަހުޖަނުންގެ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް
International

ބޮޑެތި މަހުޖަނުންގެ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ސާފު މުދާ ނުވަތަ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ޖުމްލަ މުދާ 10 ޓްރިލިއަން ޑޮލަރަށް އަރައިފައިވާއިރު، މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. މި ލިސްޓުގެ އެންމެ މަތީގައިވަނީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް ދިއުމާ […]

މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި
Raajje

މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި

އިޓަލީގެ އުތުރުގައި އޮންނަ މަޝްހޫރު ސިޓީ އެއްކަމުގައިވާ މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފިއެވެ. މިއީ މި ސިޓީގެ ވައި ސާފުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. މި އައު ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް 40 އާއި 240 ޔޫރޯ (41 އާއި 249 ޑޮލަރު) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް މި ފިޔަވަޅާ މެދު އެސިޓީގެ ބައެއް ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. “އަޅުގަނޑަށް ހީވަނީ މިއީ […]

އެމެރިކާގެ ސިޓީއެއްގައި ޓްރަކް ހަމަލާއެއްދީ 10 މީހުން މަރާލައިފި
International

އެމެރިކާގެ ސިޓީއެއްގައި ޓްރަކް ހަމަލާއެއްދީ 10 މީހުން މަރާލައިފި

އެމެރިކާގެ ދެކުނުގައިވާ ލުއިޒިއާނާ ސްޓޭޓުގައި، މިސިސިޕީ އިންވެގެން އޮންނަ ސިޓީއެއް ކަމަށްވާ ނިއު އޯލިއަންސްގައި އައު އަހަރު ފާހަގަ ކުރަމުންދިޔަ ބައެއްގެ ތެރެއަށް ޓްރަކެއް ވައްދާލައިގެން ހަމަލާދީ 10 މީހުން މަރާލައިފިއެވެ. ސްކައި ނިއުސްގެ އެމެރިކާގެ ޕާޓްނަރު ނެޓްވޯކް އެން.ބީ.ސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ސަރަހައްދެއްގަ އެވެ. ހަމަލާ ދިން ފަރާތުން ގިނަ ބަޔަކު މަރާލުމަށް ނުވަތަ ޒަހަމް ކޮށްލުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވެއެވެ...

ގަދަ ފިނިން ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނެއް
International

ގަދަ ފިނިން ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނެއް

ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނަ އެޅި އިޒްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ގަދަ ފިނީގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އިން އަންގާރަ ދުވަހު ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ޓެންޓްތަކުގައި ދިރިއުޅެމުންދާ މީހުންގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. “ހަނގުރާމައިގެ ސަބަބުން ދިރިއުޅެން ނުކުޅެދިފައިވާ މީހުން މިހާރު...

އެލޮން މަސްކްގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްފި
International

އެލޮން މަސްކްގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްފި

ބިލިއަނަރު ވިޔަފާރިވެރިޔާ އަދި އެކްސް (ކުރީގެ ޓްވިޓަރ) ގެ ވެރިފަރާތް އެލޮން މަސްކް، އޭނާގެ ޕްރޮފައިލް ނަން “ކެކިއަސް މެކްސިމަސް” އަށް ބަދަލުކޮށް، އިންޓަނެޓް މީމް ކެރެކްޓަރެއް ކަމަށްވާ ޕެޕެ ދަ ފްރޮގްގެ ފޮޓޯއެއް ޕްރޮފައިލް ޕިކްޗަރގެ ގޮތުގައި ބޭނުންކޮށްގެން އަނެއްކާވެސް އޮންލައިން ދުނިޔެ ހައިރާންކޮށްލައިފިއެވެ. މަސްކްގެ މި އައު ޕްރޮފައިލް ޕިކްޗަރގައި ވަނީ ރަން ކުލައިގެ އާމަރެއް ލައިގެން ހުރި، ވީޑިއޯ ގޭމް ކޮންޓްރޯލަރެއް ހިފަހައްޓައިގެން ހުރި ޕެޕެ ދަ ފްރޮގްގެ ފޮޓޯއެކެވެ. މިއީ ގޭމިންގ […]

ޔުކްރެއިންގައި ސްޓާލިންކްގެ ޑައިރެކްޓް-ޓު-ސެލް ޚިދުމަތް
International

ޔުކްރެއިންގައި ސްޓާލިންކްގެ ޑައިރެކްޓް-ޓު-ސެލް ޚިދުމަތް

ޔުކްރެއިންގެ އެންމެ ބޮޑު މޯބައިލް އޮޕަރޭޓަރ ކަމުގައިވާ ކީވްސްޓާރުން އީލޮން މަސްކްގެ ސްޓާލިންކާއެކު ޑައިރެކްޓް-ޓު-ސެލް ސެޓެލައިޓް ކަނެކްޓިވިޓީ ތަޢާރަފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކީވްސްޓާރުގެ މައި ކުންފުނި ވިއޮންއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ޑައިރެކްޓް-ޓު-ސެލް ޑިވައިސްތައް ގުޅިފައިވަނީ މޯޑަމްތަކާއެކު ހަރުކޮށްފައިވާ ސެޓެލައިޓްތަކަށެވެ. މި މޯޑަމްތައް މަސައްކަތްކުރަނީ ސެލްފޯނު ޓަވަރެއްގެ ގޮތުގައެވެ. އަދި މި ޓަވަރުތަކުން ފޯނުގެ ސިގްނަލްތައް ސީދާ ސްމާޓްފޯނުތަކަށް...

އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި 71 މީހުން މަރު
Raajje

އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި 71 މީހުން މަރު

އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން މަރުވެއްޖެއެވެ. ސިދާމާ ސަރަޙައްދުގެ ސަރުކާރުގެ ތަރުޖަމާނު އަދި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިތިޔޯޕިޔާގައި މީހުން އަރުވައިގެން ދުއްވަމުންދިޔަ ޓްރަކެއް ކޯރަކަށް ވެއްޓި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން ވަނީ މަރުވެފައެވެ. ސިދާމާ ސަރަޙައްދުގެ މުވާސަލާތީ ބިއުރޯއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ބޯނާ ޑިސްޓްރިކްޓުގައެވެ. ސިދާމާ ސަރަޙައްދުގެ ސަރ...

ޖިމީ ކާޓާ ފަސްދާނުލުން ޖެނުއަރީ 9 ގައި
International

ޖިމީ ކާޓާ ފަސްދާނުލުން ޖެނުއަރީ 9 ގައި

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ގެ ޖަނާޒާ ޖެނުއަރީ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާޓާގެ ޖަނާޒާ ޖެނުއަރީ 9 ވަނަ ދުވަހު ވޮޝިންޓަން ނޭޝަނަލް ކެތީޑްރަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އާމީން ވަނީ ހާމަކޮށްފައެވެ. އުމުރުފުޅުން 100 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު އަވަހާރަވި ކުރީގެ ރައީސް ކާޓާގެ ހަނދާނުގައި ޖެނުއަރީ 9 ވަނަ ދުވަހަކީ މުޅި އެމެރިކާގައި ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް […]

އިޓަލީ ސަރުކާރުގެ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފި
International

އިޓަލީ ސަރުކާރުގެ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފި

އިޓަލީގެ ސަރުކާރުގެ މުހިންމު ވެބްސައިޓްތަކަކަށް ރަޝިޔާއަށް ތާއީދުކުރާ ހެކަރުން ހަމަލާދީފިއެވެ.   މި ހަމަލާގައި ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީއާއި މިލާނުގެ ދެ އެއަރޕޯޓުގެ ވެބްސައިޓްތައް ވަގުތީގޮތުން ހުއްޓުވާލާފައިވާ ކަމަށް އެ ޤައުމުގެ ސައިބަރ ސެކިއުރިޓީ އޭޖެންސީން ވަނީ ހާމަކޮށްފައެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާ ޖުމްލަ 10 ވެބްސައިޓަކަށް އަމާޒުކޮށްފައިވާ ކަމަށް ބުނެއެވެ. މި ހަމަލާ ދިން ފަރާތްކަމަށް ބެލެވެނީ ރަޝިޔާއަށް ތާއީދުކުރާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ “ނޯނޭމް057(16)” އެވެ. މި ގްރޫޕުން...

ޗާޑުގެ މަޖިލިސް އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފި
International

ޗާޑުގެ މަޖިލިސް އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފި

އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑުގައި ބޭއްވުނު އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފިއެވެ. ޗާޑުގެ ރައްޔިތުން މިއަދު އެގައުމުގެ ޕާލަމެންޓްރީ އިންތިޚާބުގައި ވޯޓުލަމުންދާއިރު، މި އިންތިޚާބުގެ ސަބަބުން ރައީސް މަހަމަތު އިދްރީސް ޑެބީގެ ބާރު އިތުރުވެ، ޤާނޫނީ ވެރިކަމަކަށް އެ ޤައުމު ފުރިހަމައަށް ބަދަލުވާނެކަމަށް ބެލެވެއެވެ. ޑެބީ ރައީސްކަމަށް އިންތިޚާބުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވުނު ވާދަވެރި އިންތިޚާބަކުންނެވެ. އެއީ އޭނާގެ ބައްޕަ، ރައީސް އިދްރީސް ޑެބީ، އިދިކޮޅު ހަނގުރާމަވެރިންގެ އަތުން މަރު...