އެފްރިކާގެ ގައުމެއް ކަމަށްވާ ޗާޑުގައި ބޭއްވުނު އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފިއެވެ.

ޗާޑުގެ ރައްޔިތުން މިއަދު އެގައުމުގެ ޕާލަމެންޓްރީ އިންތިޚާބުގައި ވޯޓުލަމުންދާއިރު، މި އިންތިޚާބުގެ ސަބަބުން ރައީސް މަހަމަތު އިދްރީސް ޑެބީގެ ބާރު އިތުރުވެ، ޤާނޫނީ ވެރިކަމަކަށް އެ ޤައުމު ފުރިހަމައަށް ބަދަލުވާނެކަމަށް ބެލެވެއެވެ.

Ad
rt

ޑެބީ ރައީސްކަމަށް އިންތިޚާބުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވުނު ވާދަވެރި އިންތިޚާބަކުންނެވެ. އެއީ އޭނާގެ ބައްޕަ، ރައީސް އިދްރީސް ޑެބީ، އިދިކޮޅު ހަނގުރާމަވެރިންގެ އަތުން މަރުވުމާ ގުޅިގެން ވަގުތީ ވެރިޔަކަށް ވުމަށްފަހު 3 އަހަރު ފަހުންނެވެ.

އިދިކޮޅު ލީޑަރު ސުކްސެސް މަސްރާގެ ޓްރާންސްފޯމަރ ޕާޓީ އާއި އެހެން ގިނަ ޕާޓީތަކުން މިއަދުގެ އިންތިޚާބު ވަނީ ބޮއިކޮޓްކޮށްފައެވެ. މިއީ ފާއިތުވި 10 އަހަރުތެރޭ ބޭއްވޭ ފުރަތަމަ ޕާލަމެންޓަރީ އިންތިޚާބެވެ. މީގެ އިތުރުން މިއަދު ބޭއްވޭ ލޯކަލް އަދި ސަރަޙައްދީ އިންތިޚާބުތައްވެސް އެފަރާތްތަކުން ބޮއިކޮޓްކޮށްފައިވެއެވެ.

8 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ 2025 ވަނަ އަހަރުގެ ޖެނުއަރީ 15 ގައި އަދި ފައިނަލް ނަތީޖާ ޖެނުއަރީ 31 ގައި އިއުލާންކުރާނެކަމަށް ބެލެވެއެވެ.