ހަސީނާ އަނބުރާ ފޮނުވުމަށް އިންޑިއާއަށް ބަނގްލާދޭޝްއިން ބާރުއަޅައިފި
ޝެއިޚް ހަސީނާ އަނބުރާ އެ ގައުމަށް ފޮނުވައިދިނުމަށް އިންޑިއާއަށް ބަނގްލާދޭޝް އިން ބާރުއަޅައިފިއެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އެދި އިންޑިއާގެ ސަރުކާރަށް ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓަށް ޖަވާބު ނުލިބިއްޖެނަމަ، ހަނދާންކޮށްދިނުމުގެ ސިޓީއެއް ފޮނުވާނެކަމަށެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުޙައްމަދު ރަފީޤުލް އާލަމް ވިދާޅުވި ގޮތުގައި، އިންޑިއާގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ...