މައިކްރޯސޮފްޓް ނޯޓްޕެޑްގައި އޭއައި އިން މިހާރު ލިޔުންތައް އުފެއްދޭ
މައިކްރޯސޮފްޓުން އެ ކުންފުނީގެ މަޝްހޫރު ނޯޓްޕެޑް އެޕްލިކޭޝަނަށް އައު އަޕްޑޭޓެއް ގެނެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލިޔުންތައް އުފެއްދޭ ފީޗަރެއް ތަޢާރަފުކޮށްފިއެވެ. މި އައު ފީޗަރާއެކު، މައިކްރޯސޮފްޓް 365 ނުވަތަ ކޮޕައިލެޓް ޕްރޯ ސަބްސްކްރިޕްޝަން އޮންނަ ފަރާތްތަކަށް، ބޭނުންވާ މަޢުލޫމާތު ދިނުމުން އެއާ އެއްގޮތަށް ލިޔުންތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަޕްޑޭޓާއެކު، ލިޔުމެއް ފެށުމަށް އުނދަގޫވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އުފައްދާ ލިޔުންތަ...