Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

ޓެލެގްރާމްގެ ވެރިޔާ ޕަވެލް ދޫރޮވްއަށް ފްރާންސުން ފުރުމުގެ ހުއްދަ ލިބިއްޖެ
International

ޓެލެގްރާމްގެ ވެރިޔާ ޕަވެލް ދޫރޮވްއަށް ފްރާންސުން ފުރުމުގެ ހުއްދަ ލިބިއްޖެ

ޓެލެގްރާމް މެސެޖިންގ އެޕްގެ ބާނީ އަދި ސީއީއޯ، ރަޝިޔާއަށް އުފަން ޕަވެލް ދޫރޮވްއަށް ފްރާންސް ވަގުތީގޮތުން ފުރުމުގެ ހުއްދަ ލިބިއްޖެކަމަށް ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ކުށްތަކާ ގުޅިގެން ހިނގަމުންދާ ތަޙުޤީޤެއްގެ ދަށުން އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމެކެވެ. ދޫރޮވް ހައްޔަރުކުރެވުނީ މިދިޔަ އޯގަސްޓް މަހު ޕެރިސް ކައިރީގައިވާ ވައިގެ ބަނދަރެއްގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފެށި، ފްރ...

ޕީއައިއޭގެ މަތިންދާބޯޓެއް އެއް ފުރޮޅުނެތި ޖައްސައިފި
International

ޕީއައިއޭގެ މަތިންދާބޯޓެއް އެއް ފުރޮޅުނެތި ޖައްސައިފި

ޕާކިސްތާނުގެ ޤައުމީ އެއަރލައިން ކަމުގައިވާ ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީ.އައި.އޭ)ގެ އެތެރޭގެ ދަތުރެއް ކުރި މަތިންދާބޯޓެއް އެއް ފުރޮޅު ނެތި ލާހޯރު އެއަރޕޯޓަށް ޖައްސާލާފައިވާ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލެއް ހާމަކޮށްފިއެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާ ކަމަށްވެސް އެ އޮފިޝަލް ވަނީ ބުނެފައެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ކަރާޗީން ލާހޯރަށް ފުރި ޕީ.އައި.އޭގެ ޕީކޭ-306 ފްލައިޓް ލާހޯރު އެއަރޕޯޓަށް ޖެއްސިއިރު ފަހަތުގެ އެއް ފުރޮޅު ނެތްކަން...

ޣައްޒާގައި އިސްރާއީލުން 206 ވަނަ ނޫސްވެރިޔާ ޝަހީދުކޮށްލައިފި
International

ޣައްޒާގައި އިސްރާއީލުން 206 ވަނަ ނޫސްވެރިޔާ ޝަހީދުކޮށްލައިފި

ޣައްޒާގައި އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި އަނެއްކާވެސް އިތުރު ނޫސްވެރިޔަކު ޝަހީދުވެފައިވާއިރު މިއީ އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި 206 ވަނަ ނޫސްވެރިޔާއެވެ. ފަލަސްޠީނު ނޫސްވެރިންގެ ފޯރަމުން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، ޣައްޒާގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިޔާ ޝަހީދުވެފައިވަނީ އިސްރާއީލުން ދިންހަމަލާތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.  އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން އެންމެފަހުން ޝަހީދުވި ނޫސްވެރިޔަކީ އަލްއާ ހާޝިމްއެވެ. މި އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަ...

ޓިކްޓޮކްއާ މެދު ވަގުތު އޮއްވާ ފިޔަވަޅު އަޅާނެ: އެމެރިކާ
International

ޓިކްޓޮކްއާ މެދު ވަގުތު އޮއްވާ ފިޔަވަޅު އަޅާނެ: އެމެރިކާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅުއްވާނެ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވަރޑް ލުޓްނިކް ވިދާޅުވެއްޖެއެވެ. މި ވާހަކަ އޭނާ ވިދާޅުވެފައިވަނީ ހުކުރު ދުވަހު ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރުން ޓިކްޓޮކް ވިއްކާލ...

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރަނގަޅު ފުރުސަތެއް މިހާރު އެބައޮތް: ޒެލެންސްކީ
International

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރަނގަޅު ފުރުސަތެއް މިހާރު އެބައޮތް: ޒެލެންސްކީ

ރަޝިއާއާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރަނގަޅު ފުރުސަތެއް މިހާރު އެބައޮތް ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިގޮތުން އެމެރިކާއިން ހުށަހަޅާފައިވާ 30 ދުވަހުގެ ވަގުތީ ހުއްޓުމަކަށް ޔުކްރެއިނުން އެއްބަސްވެފައިވާ ކަމަށާއި، ރަޝިއާއިން ވަކި ޝަރުތުތަކަކާއެކު މިކަމަށް އެއްބަސްވާނެ ކަމަށް ބުނެފައިވާ ކަމަށް ރައީސް ޒެލެންސްކީ ހުކުރު ދުވަހު ވިދާޅުވިއެވެ. “މިވަގުތު އަޅުގަނޑުމެންނަށް މި ހަނގުރާމަ އަވަހަށް ނިންމައި، ސުލްހަ ޤާއިމްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިފަ...

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އައު ހުށަހެޅުމެއް
Raajje

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އައު ހުށަހެޅުމެއް

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ ރަމަޟާން މަހާއި ޔަހޫދީންގެ ޕާސްއޯވަރ ފާހަގަކުރާ މުއްދަތުގެ ފަހުންވެސް ހަމަނުޖެހުން ހުއްޓުވުމެވެ. ހުކުރު ދުވަހު ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމަކީ “ބްރިޖް” ހުށަހެޅުމެކެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ރޭ ޤަޠަރުގެ ވެރިރަށް ދޯހާގައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސްގެ ޚާއްޞަ ބޭފުޅެއް ކަމުގައިވާ ސްޓީވް ވިޓްކޮފްއާއި ނެޝަނ...

ފަލަސްތީނަށް ދެމުންދަނީ "ނަސްލު ނައްތާލުމުގެ އަނިޔާ": އދ
International

ފަލަސްތީނަށް ދެމުންދަނީ "ނަސްލު ނައްތާލުމުގެ އަނިޔާ": އދ

އިސްރާއީލުން ފަލަސްތީނުގެ އަންހެނުންނަށް ދެމުންދަނީ “ނަސްލު ނައްތާލުމުގެ އަނިޔާ” ކަމަށް އދ. އިން ބުނެފިއެވެ. އދ. ގެ މާހިރުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި އަންހެނުންގެ ޞިއްޙީ ޚިދުމަތްތައް ދޭ މަރުކަޒުތައް ނައްތާލުމާއި، ޖިންސީ އަނިޔާ ހަނގުރާމައިގެ ސްޓްރެޓެޖީއެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށެވެ. މިއީ ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ “ނަސްލު ނައްތާލުމުގެ އަމަލުތަކެއް” ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. ޖެނީވާގައި މަސައްކަތްކުރާ މިނިވަން ބައިނަލްއަޤްވާމީ...

ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްފި
International

ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްފި

ހައިޑްރޯލިކްސް މައްސަލައެއް ދިމާވެ، ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްކޮށްފިއެވެ. އެމެރިކާގެ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އިއްޔެ ރޭ ދަތުރު ފަށަން ހަމަޖެހިފައިވާ ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްފައިވާއިރު، މިޝަން ފަސްކުރީ ދަތުރު ފެށުމުގެ 45 މިނެޓް ކުރިން، ހައިޑްރޯލިކްސް މައްސަލައެއް ދިމާވުމުންނެވެ. ބައިނަލްއަޤްވާމީ ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ހަތަރު އެސްޓްރޯނޯޓުން ގެންދިއުމަށް ހަމަޖެހިފައިވާ މި މިޝަން ފެށުމަށް ހަމަޖެހިފައިވަނީ ފާލްކަން 9 ރޮކެޓެއްގައި، ރޭ 7:48 ޕީއެމް އީޑީޓ...

ޓްރަމްޕްގެ ސިޔާސަތުތަކުން އެކަކުވެސް ސަލާމަތެއް ނުވޭ: ކެނެޑާ
International

ޓްރަމްޕްގެ ސިޔާސަތުތަކުން އެކަކުވެސް ސަލާމަތެއް ނުވޭ: ކެނެޑާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުން “އެއްވެސް މީހަކު ސަލާމަތެއް ނުވާނެ” ކަމަށް ކެނެޑާގެ ބޮޑުވަޒީރު މެލަނީ ޖޮލީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވީ ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ބޮޑުވަޒީރުންގެ ބައްދަލުވުމުގެ ކުރިން ދެއްވި ބަޔާނެއްގައެވެ. ޖޮލީ ވިދާޅުވީ އެމެރިކާއިން ކެނެޑާއަށް މިކަން ކުރެވޭނަމަ، އެހެން ޤައުމުތަކަށްވެސް މިކަން ކުރެވިދާނެ ކަމަށެވެ. އެމެރިކާއާއި ކެނެޑާއަކީ އެންމެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އެމެރިކާއިން ކ...

ފަލަސްތީނުގެ އެއްވެސް މީހަކު ޣައްޒާއިން ބޭރެއް ނުކުރާނަން، އެކަމަކު އެތަން ކޮންޓްރޯލްކުރާނަން: ޓްރަމްޕް
News

ފަލަސްތީނުގެ އެއްވެސް މީހަކު ޣައްޒާއިން ބޭރެއް ނުކުރާނަން، އެކަމަކު އެތަން ކޮންޓްރޯލްކުރާނަން: ޓްރަމްޕް

ޣައްޒާއިން ފަލަސްތީނުގެ އެއްވެސް މީހަކު ނުނެރޭނެ ކަމަށާއި، އެކަމަކު އެ ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ޕްލޭން ކުރިއަށް ގެންދަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި އައިރިޝް ލީޑަރު މައިކަލް މާޓިން އާއެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ “ފަލަސްތީނުގެ އެއްވެސް މީހަކު ނުނެރޭނެ” ކަމަށެވެ. މި ބަޔާން އައިސްފައިވަނީ އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޯޓްރިޗް އާދިއްތަ ދުވަހު...

ދެކުނު ކޮރެއާއިން ކްރިޕްޓޯ ޤަވާއިދުތައް ހަރުދަނާކުރަނީ
International

ދެކުނު ކޮރެއާއިން ކްރިޕްޓޯ ޤަވާއިދުތައް ހަރުދަނާކުރަނީ

ދެކުނު ކޮރެއާއިން ކްރިޕްޓޯ ރެގިއުލޭޝަންތައް ހަރުދަނާކުރުމަށް ނިންމައިފިއެވެ. ދެކުނު ކޮރެއާގެ ފައިނޭންޝަލް ސަރވިސަސް ކޮމިޝަން (އެފްއެސްސީ) އިން ވަނީ އަންނަ މަހު ތެރޭގައި ކްރިޕްޓޯ ރެގިއުލޭޝަންތަކަށް އިތުރު ފަށަލަތަކެއް އިތުރުކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. ބުދަ ދުވަހު އެފްއެސްސީ އިން ބުނި ގޮތުގައި ކޯޕަރޭޓް ކުންފުނިތަކުން ކްރިޕްޓޯކަރަންސީގައި ބައިވެރިވުމުގެ ގައިޑްލައިންތައް އޭޕްރީލް މަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. މި ގަވާއިދުތަކުގެ ދަށުން ޕްރޮފެޝަނަލް އިންވެސްޓަރުންނާއި ލިސްޓުކޮށްފައިވާ ކޯޕަރޭޝ...

އެމެރިކާގެ ތަޢުލީމީ ވުޒާރާގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ
International

އެމެރިކާގެ ތަޢުލީމީ ވުޒާރާގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ

އެމެރިކާގެ ތަޢުލީމީ ވުޒާރާއިން މުވައްޒަފުންގެ ދެބައިކުޅައެއްބައި ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ. އެމެރިކާގެ ތަޢުލީމީ ވުޒާރާއިން އިއުލާނުކޮށްފައިވާ ގޮތުގައި އެ ވުޒާރާގެ މުވައްޒަފުންގެ ދެބައިކުޅައެއްބައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ސަރުކާރުގެ އިދާރާތަކުން ހުށަހަޅަންޖެހޭ ދެވަނަ ބުރުގެ މުވައްޒަފުން ދޫކޮށްލުމުގެ ޕްލޭންގެ ބައެއްގެ ގޮތުގައެވެ. ތަޢުލީމީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ވަކިކުރުންތަކަކީ އެ ވުޒާރާގެ “އެންމެ...

ޓެލެގްރާމަށް އައު ގިނަ ފީޗަރތަކެއް އިތުރުކޮށްފި
International

ޓެލެގްރާމަށް އައު ގިނަ ފީޗަރތަކެއް އިތުރުކޮށްފި

ޓެލެގްރާމަށް އައު އަޕްޑޭޓެއް ގެނެސް، ގިނަ ފީޗަރތަކެއް އިތުރުކޮށްފިއެވެ. ދުނިޔޭގެ އެންމެ މަޤްބޫލު މެސެޖިންގ އެޕްތަކުގެ ތެރޭގައި ހިމެނޭ ޓެލެގްރާމަށް އައު އަޕްޑޭޓެއް ގެނެސް، ގިނަ ފީޗަރތަކެއް އިތުރުކޮށްފައިވާއިރު، މިހާރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ކްރޯމްކާސްޓް ސަޕޯޓް އިތުރުކޮށް، ސްޕޭމް އަދި ސްކޭމްތަކުން ރައްކާތެރިވުމަށް އައު ސެކިއުރިޓީ ފީޗަރތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. ޓެލެގްރާމުން މިމަހު ގެނެސްފައިވާ އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ކްރޯމްކ...

ޓެސްލާގެ ހިއްސާ ދަށަށް ދިޔުމާއި ގުޅިގެން ޓްރަމްޕް ޓެސްލާ ކާރެއް ގަންނަނަނީ
International

ޓެސްލާގެ ހިއްސާ ދަށަށް ދިޔުމާއި ގުޅިގެން ޓްރަމްޕް ޓެސްލާ ކާރެއް ގަންނަނަނީ

ޓެސްލާގެ ހިއްސާ ވެއްޓުމާ ގުޅިގެން ޓްރަމްޕް ޓެސްލާގެ ކާރެއް ގަންނަން ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޓެސްލާގެ ހިއްސާ 15 އިންސައްތައަށްވުރެ ބޮޑަށް ވެއްޓުމާ ގުޅިގެން “އައު ޓެސްލާ ކާރެއް” ބައްލަވައި ގަންނާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ “ހަރުކަށި ވާތުފިޔައިގެ މޮޔަ މީހުން” ޓެސްލާގެ ވެރިޔާ އެލޮން މަސްކަށް “ހަމަލާދީ ގެއްލުން ދިނުމަށް” ޓެސްލާ ބޮއިކޮޓްކުރަމުންދާ ކަމަށެވެ. ނަމަވެސް، ހިއްސާގެ ބާޒާރުގެ ތަޙުލީލުވެރިން ބުނެފައިވަނީ ހިއްސާގެ އަގު ދަށްވުމުގެ މައިގަނޑު...

ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓެ އައިސީސީ އަށް ހާޒިރުކޮށްފި
International

ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓެ އައިސީސީ އަށް ހާޒިރުކޮށްފި

ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ހައްޔަރުކޮށްގެން އައިސީސީއަށް ގަދަކަމުން ހާޒިރުކޮށްފިއެވެ. އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ތުހުމަތުގައި ޑުޓާޓެ ހައްޔަރުކުރުމަށްފަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ގަދަކަމުން ހާޒިރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ. އެކަން ވަނީ އެ ޤައުމުގެ ނައިބު ރައީސް އަދި ޑުޓާޓީގެ ދަރިކަނބަލުން ސާރާ ޑުޓާޓީ ކަށަވަރު ކޮށްދީފައެވެ. 79 އަހަރުގެ ޑުޓާޓީ ހޮންކޮންގުން މަނީލާ އެއަރޕޯޓަށް އައުމާއެކު ހައްޔަރުކުރެވުނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ އެދުމުގެ މަތިންނެވެ. އޭނާ...