Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

އެންވީޑިއާއިން ކުއަންޓަމް ކޮމްޕިއުޓިންގ ލެބެއް ހުޅުވަނީ
International

އެންވީޑިއާއިން ކުއަންޓަމް ކޮމްޕިއުޓިންގ ލެބެއް ހުޅުވަނީ

އެމެރިކާގެ ބޮސްޓަންގައި ކުއަންޓަމް ކޮމްޕިއުޓިންގ ރިސާރޗް ލެބެއް ހުޅުވުމަށް އެންވިޑިއާއިން ނިންމައިފިއެވެ. މި ލެބުގައި ހާވަރޑް ޔުނިވަރސިޓީ އަދި މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިންޓިސްޓުންނާއެކު މަސައްކަތްކުރާނެ ކަމަށް އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ ވިދާޅުވިއެވެ. އޭނާ މި އިޢުލާނު ކުރެއްވީ ބުރާސްފަތި ދުވަހު ކެލިފޯނިއާގެ ސަން ހޯސޭގައި ބޭއްވުނު އެންވިޑިއާގެ އަހަރީ ސޮފްޓްވެއަރ ޑިވެލޮޕަރ ކޮންފަރެންސްގައެވެ. މި ކޮންފަރެންސްގައި ކުއަންޓަމް ކޮމްޕިއުޓިންގއަށް ޚާއްޞަ ދުވަހެއް ބޭއްވުނެ...

ހަނގުރާމަ ހުއްޓުވުމަށް ޕުޓިންގެ ވަޢުދު ޙަޤީޤަތަކަށް ވާންޖެހޭނެ: ޖަރުމަނު
Raajje

ހަނގުރާމަ ހުއްޓުވުމަށް ޕުޓިންގެ ވަޢުދު ޙަޤީޤަތަކަށް ވާންޖެހޭނެ: ޖަރުމަނު

ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ޕުޓިންވީ ވަޢުދު ޙަޤީޤަތަކަށް ވާންޖެހޭނެ ކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް ބުރާސްފަތި ދުވަހު ރަޝިއާއަށް ގޮވާލެއްވީ، ޔުކްރެއިންގައި އެއްބަސްވެފައިވާ ބައެއް ސަރަޙައްދުތަކުގެ ހަނގުރާމަ ހުއްޓާލުމުގެ ވަޢުދު ފުއްދުމަށެވެ. ޔޫރަޕިއަން ލީޑަރުންގެ ސަމިޓެއް ފެށުމުގެ ކުރިން ބްރަސެލްސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ޝޯލްޒް ވަނީ ރަޝިއާއިން ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބ...

އިސްރާއީލްގެ ޓެލް އަވީވްއަށް ރޮކެޓް ހަމަލާތަކެއް ދީފި
International

އިސްރާއީލްގެ ޓެލް އަވީވްއަށް ރޮކެޓް ހަމަލާތަކެއް ދީފި

ހަމާސްއިން ޓެލް އަވީވްއަށް ފުލުފުލުގައި ތިން ރޮކެޓް ދީފިކަމަށް ބުނެފިއެވެ. މިއީ އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށްފަހު ހަމާސްއިން ފުރަތަމަ ފަހަރަށް ރޮކެޓް ހަމަލާ ދިންކަން އެނގިފައިވާ ފަހަރެވެ. އިސްރާއީލުން ބުނާ ގޮތުގައި އެއް ރޮކެޓް އަމާޒަށް ވާސިލްވި އިރު އަނެއް ދެ ރޮކެޓް ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. މިއާއެކު، ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މެންދަމުން ފެށިގެން އިސްރާއީލުން ދެމުން ދިޔަ ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 85 މީހުން ޝަހީދުވ...

އީޔޫގެ ޤަވާޢިދުތަކާ ޚިލާފުވުމުގެ ދަޢުވާ ގޫގުލް އަދި އެޕަލްއަށް
International

އީޔޫގެ ޤަވާޢިދުތަކާ ޚިލާފުވުމުގެ ދަޢުވާ ގޫގުލް އަދި އެޕަލްއަށް

ޔޫރަޕިއަން ޔޫނިއަންގެ ޤަވާޢިދުތަކާ ޚިލާފުވުމުގެ ދަޢުވާ ގޫގުލް އަދި އެޕަލްއާ ދެކޮޅަށް ކޮށްފިއެވެ. ބުރާސްފަތި ދުވަހު ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި، ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑެތި ދެ ކުންފުނި ކަމަށްވާ ގޫގުލް އަދި އެޕަލްއާ މެދު ޔޫރަޕިއަން ޔޫނިއަންގެ ޤަވާޢިދުތަކާ ޚިލާފުވުމުގެ ދަޢުވާ ކޮށްފައިވާއިރު، އެޕަލްއަށް އެ ކުންފުނީގެ އައިފޯނާއި އައިޕެޑްތަކާ އެހެން ކުންފުނިތަކުގެ އެޕްލިކޭޝަންތައް ގުޅުވުމަށް މަގުފަހިކޮށްދިނުމަށް އަމުރުކޮށްފައިވެއެވެ. މި ދަޢުވާތައް ކުރެވިފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ...

ޣައްޒާގެ ހާލަތާމެދު ކަންބޮޑުވޭ، ހުރިހާ ރަހީނުން ދޫކޮށްލުން މުހިންމު: އިންޑިއާ
International

ޣައްޒާގެ ހާލަތާމެދު ކަންބޮޑުވޭ، ހުރިހާ ރަހީނުން ދޫކޮށްލުން މުހިންމު: އިންޑިއާ

ޣައްޒާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި، ހުރިހާ ރަހީނުން ދޫކޮށްލުން މުހިންމުކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ޣައްޒާގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށް ވަނީ ގޮވާލައިފައެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި، ޣައްޒާގެ ރައްޔިތުންނަށް “އިންސާނީ އެހީ ފޯރުކޮށްދިނުމަށް” ގޮވާލައްވާފައެވެ. “އަޅުގަނޑުމެން ޣައްޒާގެ ހާލަތާމެދު ކަންބޮޑުވަން، ހުރި...

ޖޯ އެފް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ސިއްރު ލިޔުންތައް ހާމަކޮށްފި
International

ޖޯ އެފް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ ސިއްރު ލިޔުންތައް ހާމަކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމާ ގުޅޭ އެންމެ ފަހުގެ ސިއްރު ލިޔުންތައް ޔޫއެސް ނޭޝަނަލް އާކައިވްސްއިން އާންމުކޮށްފިއެވެ. މިއީ 60 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މައްސަލައެއް ނަމަވެސް، މިހާރުވެސް ގިނަ ޝައްކުތަކެއް އުފެދިފައިވާ މައްސަލައެކެވެ. މި ލިޔުންތައް ހާމަކުރެވުނީ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރުގެ ޖެނުއަރީ މަހު ނެރުއްވި އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ކެނެޑީގެ އިތުރުން އޭނާގެ ބޭބެ އަދި ކުރީގެ އެޓަރނީ ޖެނެރަލް ރޮބަރޓް އެފް ކެނެޑީ އަދި […]

ގޫގުލްއިން 32 ބިލިއަން ޑޮލަރަށް ކްލައުޑް ސެކިއުރިޓީ ކުންފުންޏެއް ގަންނަނީ
International

ގޫގުލްއިން 32 ބިލިއަން ޑޮލަރަށް ކްލައުޑް ސެކިއުރިޓީ ކުންފުންޏެއް ގަންނަނީ

ކްލައުޑް ސެކިއުރިޓީގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ “ވިޒް” 32 ބިލިއަން ޑޮލަރަށް ގޫގުލްއިން ގަތުމަށް އެއްބަސްވެއްޖެއެވެ. މި މުޢާމަލާތަކީ ފައިސާއިން އަގު އަދާކުރާ ގޮތަށް ކުރިއަށްގެންދާ މުޢާމަލާތެކެވެ. މި މުޢާމަލާތް ނިމުމުން ވިޒް ބަދަލުވާނީ ގޫގުލް ކްލައުޑްގެ ބައެއްގެ ގޮތުގައެވެ. މިއީ ސައިބަރ ސެކިއުރިޓީ އަދި މަލްޓި-ކްލައުޑް ޤާބިލިއްޔަތުތަކަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެކެވެ. އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސެކިއުރި...

30 ދުވަހުގެ މުއްދަތަށް ހަމަލާ މެދުކަނޑާލަން ރަޝިޔާއިން އެއްބަސްވެއްޖެ
International

30 ދުވަހުގެ މުއްދަތަށް ހަމަލާ މެދުކަނޑާލަން ރަޝިޔާއިން އެއްބަސްވެއްޖެ

ޔުކްރެއިންގެ އެނަރޖީ އިންފްރާސްޓްރަކްޗަރަށް ހަމަލާތައް ދިނުން 30 ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ރަޝިޔާގެ ރައީސް ވްލަޑިމީރ ޕުޓިން އެއްބަސްވެއްޖެއެވެ. ރަޝިޔާގެ ރައީސް ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެމެދު ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ ފޯނު މަޝްވަރާއަކަށްފަހު، ޔުކްރެއިންގެ މުހިންމު އެނަރޖީ އިންފްރާސްޓްރަކްޗަރަށް 30 ދުވަހުގެ މުއްދަތަށް ހަމަލާ ނުދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށްވެސް އެއްބަސްވެފައިވެއެވެ. ނަމަވެސް މި އެއްބަސްވުމ...

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި
International

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ދިން ފުރަތަމަ ބޮޑު ހަމަލާގައި ޣައްޒާއިން މަދުވެގެން 413 މީހުން ޝަހީދުވެއްޖެއެވެ. ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި މި ހަމަލާގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުންނެވެ. އަދި މި ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ޣައްޒާގެ އުތުރު ސަރަހައްދާއި، ޣައްޒާ ސިޓީ އަދި ޑެއިރް އަލް-ބަލާހް، ޚާން ޔޫނިސް […]

އެޖް ބްރައުޒަރު އެންޑްރޮއިޑްގައި އެކްސްޓެންޝަން ސަޕޯޓް ހިމަނައިފި
International

އެޖް ބްރައުޒަރު އެންޑްރޮއިޑްގައި އެކްސްޓެންޝަން ސަޕޯޓް ހިމަނައިފި

މައިކްރޯސޮފްޓްގެ އެޖް ބްރައުޒަރު މިހާރު އެންޑްރޮއިޑް ފޯނުތަކުގައި އެކްސްޓެންޝަން ސަޕޯޓް ހިމަނައިފިއެވެ. މިއީ އެންޑްރޮއިޑް ޕްލެޓްފޯމްގެ ވެރިފަރާތްކަމުގައިވާ ގޫގުލްގެ ކްރޯމް ބްރައުޒަރުގައިވެސް ނުލިބޭ ފީޗަރެކެވެ. ކްރޯމިއަމް ޕްރޮޖެކްޓުން އުފައްދާފައިވާ އެއް ލޭއައުޓް އިންޖީނުގެ މައްޗަށް ބިނާވެފައިވީނަމަވެސް، އެޖް ބްރައުޒަރު ކްރޯމްއާ ތަފާތުކުރުމަށް މަސައްކަތްކުރަމުންދާކަން މިކަމުން ފާހަގަކުރެވެއެވެ. މިހާރު އެޖްގެ އެންމެ ފަހުގެ ސްޓޭބަލް ވަރޝަން (134.0.3124.57) އިން އެކްސްޓެންޝަން ސަޕޯޓް ލިބެއެވެ. މައިކ...

ހޫތީންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނެކަމަށް އެމެރިކާއިން ބުނެފި
International

ހޫތީންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނެކަމަށް އެމެރިކާއިން ބުނެފި

ޔަމަނުގެ ހޫތީން އިތުރު ހަމަލާތައް ދިނުން ހުއްޓުވުމަށް “ފުރިހަމަ ބާރުގެ” (އޯވަވަލްމިންގ ލީތަލް ފޯސް) ބޭނުން ކުރާނެކަމަށް އެމެރިކާއިން ބުނެފިއެވެ. އެހެންނަމަވެސް، ވޭތުވެދިޔަ ހަފްތާ ނިމުނުއިރު އެމެރިކާއިން ޙޫޘީންނަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 53 މީހުން މަރުވެފައިވާއިރު، އެ ހަމަލާތަކަކީ “ނިމުމެއް ނެތް އިންތިހާއަށް ދިގުދެމިގެންދާ” ޙަމަލާތަކަކަށް ނުވާނެކަމަށް ޕެންޓަގަން އިން ބުނެފައިވެއެވެ. ހޫތީންގެ ހަނގުރާމަވެރިން މިދިޔަ މަސްތަކުގައި ރެޑް ސީ އަދި އޭދަން ކަނޑުގައި ދަތުރުކުރާ ބައިނަލްއަޤްވާމީ ވި...

އިނގިރޭސި ރަސްގެފާނު ކެނެޑާގެ އައު ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި
International

އިނގިރޭސި ރަސްގެފާނު ކެނެޑާގެ އައު ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ކެނެޑާގެ އައު ބޮޑުވަޒީރާ ބައްދަލު ކުރައްވައިފިއެވެ. ޗާލްސް ރަސްގެފާނު ކެނެޑާއަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ބޮޑުވަޒީރާ ބައްދަލު ކުރެއްވިއިރު، ބަކިންގހަމް ޕެލަސްގައި ކެނެޑާގެ އައު ބޮޑުވަޒީރު މާކް ކާނީއަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. ކެނެޑާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު، ރަސްގެފާނު ރަތް ޓައިއެއް އަޅުއްވައިގެން ކެނެޑާއަށް ތާއީދު ދެއްވާކަން ސިންބަލިކްކޮށް ދައްކުވައިދެއްވާފައިވެއެވެ. ރަސްގެފާނުގެ...

ޖެމިނައި އޭއައި އަށް ސާރޗް ހިސްޓްރީ ބޭނުންކުރެވޭގޮތް ހަދައިފި
International

ޖެމިނައި އޭއައި އަށް ސާރޗް ހިސްޓްރީ ބޭނުންކުރެވޭގޮތް ހަދައިފި

ގޫގުލްއިން އެ ކުންފުނީގެ ޖެމިނައި އޭއައި އަށް އިތުރު ފީޗަރެއް ތަޢާރަފުކޮށް، ސާރޗް ހިސްޓްރީ ބޭނުންކުރެވޭގޮތް ހަދައިފިއެވެ. މި ފީޗަރގެ ސަބަބުން ޔޫޒަރުންގެ ސާރޗް ހިސްޓްރީ ބޭނުންކޮށްގެން އެ ފަރާތްތަކަށް އަމާޒުކޮށްގެން ރަނގަޅު ޖަވާބުތައް މިހާރު ޖެމިނައި އަށް ދެވޭނެއެވެ. ޖެމިނައި 2.0 ފްލޭޝް ތިންކިންގ މޮޑެލްއިން ބާރުލިބިގެން ތަޢާރަފުކޮށްފައިވާ މި ފީޗަރގެ ސަބަބުން ޖެމިނައި އަށް ގޫގުލްގެ އެހެނިހެން އެޕްތަކާއި ޚިދުމަތްތަކާ ގުޅުވައިގެން ރަނގަޅު ޖަވާބުތައް ދެވޭނެއެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްވެ، ބޭނުން...

މެސެޑޯނިއާގެ ނައިޓްކްލަބެއްގައި އަލިފާން ރޯވެ 59 މަރު
International

މެސެޑޯނިއާގެ ނައިޓްކްލަބެއްގައި އަލިފާން ރޯވެ 59 މަރު

އުތުރު މެސެޑޯނިއާގެ ކޮޗާނީ ސިޓީގައި ހުރި ޕަލްސް ނައިޓްކްލަބުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 59 މީހުން މަރުވެ، 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ އިންޓީރިއަރ މިނިސްޓަރ ޕާންޗެ ޓޮޝްކޮވްސްކީ ހާމަކުރައްވައިފިއެވެ. މި ހާދިސާ ހިނގީ އާދީއްތަ ދުވަހު ޑީއެންކޭ ބޭންޑުގެ ކޮންސަރޓެއް ކުރިއަށްދަނިކޮށެވެ. އެ ވަގުތު ކްލަބުގެ ތެރޭގައި ޕައިރޯޓެކްނިކްސް ބޭނުންކުރަމުން ދިޔައެވެ. އިންޓީރިއަރ މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ޕައިރޯޓެކްނިކްސްގެ އަލިފާން ކްލަބުގެ ފުރާޅުގަ...

އެމެރިކާއިން ޑީޕޯޓްކުރި ވެނެޒުއޭލާ ގޭންގު މީހުން އެލް ސަލްވަޑޯއަށް
International

އެމެރިކާއިން ޑީޕޯޓްކުރި ވެނެޒުއޭލާ ގޭންގު މީހުން އެލް ސަލްވަޑޯއަށް

އެމެރިކާއިން ޑިޕޯޓްކޮށްފައިވާ ވެނެޒުއެލާގެ ގޭންގު މެންބަރުންކަމަށް ބެލެވޭ 200 އަށްވުރެ ގިނަ މީހުން އެލްސަލްވަޑޯރަށް ފޮނުވާލައި، އެ ޤައުމުގެ ސެކިއުރިޓީ ވަރުގަދަ ޖަލަކަށް ގެންދެވިފައިވާ ކަމަށް އެލްސަލްވަޑޯރުގެ ރައީސް ނަޖީބު ބުކެލެ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުކުރު ދުވަހު 1798 ވަނަ އަހަރުގެ “އޭލިއަން އެނެމީސް އެކްޓް” އަށް ހަވާލާދެއްވައި، “ޓްރެން ޑެ އަރަގުއާ” ކިޔާ ގޭންގެއްގެ މެންބަރުންކަމަށް ބެލެވޭ މީހުން އަވަހަށް ޑިޕޯޓްކުރުމަށް ނިންމަވާފައެވެ. މި ޖަމާ...