Skip to main content

އަޙްމަދު ދާއޫދު

Viewer
🇲🇻 ތިލަދުން Desk
1,134 Stories
32 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ދާއޫދު

އެމެރިކާގެ ބޮން އަޅާ ބޯޓްތައް ޑިއެގޯ ގާސިއާށް ޖަމާކުރަނީ
International

އެމެރިކާގެ ބޮން އަޅާ ބޯޓްތައް ޑިއެގޯ ގާސިއާށް ޖަމާކުރަނީ

އެމެރިކާގެ ބޮޑެތި ބޮންއަޅާ މަތިންދާބޯޓްތަކެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އޮންނަ ޑިއެގޯ ގާސިއާއަށް ދަތުރުކުރަމުންދާކަމަށް މީޑިއާތަކުން ބުނެފިއެވެ. މިކަން ހާމަވެފައިވަނީ ސެޓެލައިޓް ފޮޓޯތަކުން ކަމަށްވާއިރު، މި މަންޒަރުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މަދުވެގެން ސީ-17 ކާގޯގެ ތިން މަތިންދާބޯޓާއި 10 އެއަރިއަލް ރިފިއުލިންގ ޓޭންކަރު އެ ސަރަޙައްދަށް ފޮނުވާފައިވެއެވެ. ޑިއެގޯ ގާސިއާއަކީ އިނގިރޭސީން ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. އަދި މެދުއިރުމަތީގައި އެމެރިކާއިން ދޭ ހަމަ...

އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް
International

އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް

ޣައްޒާއަށް ދެމުންދާ ހަމަލާތައް އިސްރާއީލުން އިތުރުކޮށްފައިވަނިކޮށް ޔަމަނުގެ ހޫތީ ގްރޫޕުން އިސްރާއީލްގެ ބެން ގޫރިއަން އެއަރޕޯޓަށް މިސައިލް ހަމަލާތަކެއް ދީފިކަމަށް ބުނެފިއެވެ. އަންގާރަ ދުވަހު ހޫތީ ގްރޫޕުން ބުނި ގޮތުގައި އިސްރާއީލްގެ މެދުތެރޭގައި އޮންނަ ބެން ގޫރިއަން އެއަރޕޯޓަށް އަމާޒުކޮށް ދެ މިސައިލް ވަނީ ފޮނުވާލައިފައެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މި ގްރޫޕުން ދިން ފަސްވަނަ ހަމަލާއެވެ. މި ހަމަލާގައި ފޮނުވާލި މިސައިލްތަކަކީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތަކެއް ކަމަށް ހޫތީ ގްރޫޕުން ބު...

ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ ފީޗަރ އިތުރުކޮށްފި
International

ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ ފީޗަރ އިތުރުކޮށްފި

ގޫގުލްއިން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯ ހެދުމުގެ ޓޫލް، ގޫގުލް ވިޑްސް އަށް އޭއައި ވޮއިސްއޯވަރ އިތުރުކޮށްފިއެވެ. މިދިޔަ ހަފްތާގައި އިޢުލާނުކުރި މި އައު ފީޗަރ “ހެލްޕް މީ ކްރިއޭޓް” އަށް އިތުރުކުރުމާއެކު، މި ޓޫލުން އަމިއްލައަށް އުފައްދާ ކޮންމެ ސީނަކަށް ވޮއިސްއޯވަރ އިތުރުކުރެވޭނެއެވެ. ގޫގުލްގެ ބްލޮގް ޕޯސްޓެއްގައި މި އައު ފީޗަރާ ބެހޭ އިތުރު ތަފްސީލު ހިއްސާކޮށްފައިވެއެވެ. މީގެ ކުރިން މި ޓޫލުން ޓެކްސްޓް ޕްރޮމްޕްޓަކާއި ގޫގުލް ޑްރައިވްގައިވާ ޑޮކިއުމަންޓެއްގެ މައްޗަށް ބިނާކޮށް […]

12 އަހަރުގެ ކުއްޖަކު ގޭގައި ނިއުކްލިއަރ ރިއެކްޓަރެއް އުފައްދައިފި
International

12 އަހަރުގެ ކުއްޖަކު ގޭގައި ނިއުކްލިއަރ ރިއެކްޓަރެއް އުފައްދައިފި

އެމެރިކާގެ ޓެނެސީގެ ސިޓީއެއް ކަމުގައިވާ މެމްފިސްގެ 12 އަހަރުގެ ކުއްޖަކު އޭނާގެ ކޮޓަރީގައި ނިއުކްލިއަރ ފިއުޝަން ރިއެކްޓަރެއް އުފެއްދުމާ ގުޅިގެން އެފްބީއައިގެ ސަމާލުކަން އެކަން އަތުވެއްޖެއެވެ. މިސްޓަރ ޖެކްސަން ނަމަކަށް ކިޔާ މި ކުއްޖާ އޭނާގެ މި ވާހަކަ އެކްސްގައި ހިއްސާކޮށްފައިވެއެވެ. އޭނާ ބުނާ ގޮތުގައި މި ކަމަށް އިލްހާމް ލިބުނީ ޓެއިލަރ ވިލްސަންގެ ޓެޑް ޓޯކުންނެވެ. މިސްޓަރ ވިލްސަން 2008 ވަނަ އަހަރު 14 އަހަރުގައި ކޮންޓްރޯލްޑް ނިއުކްލިއަރ ފިއުޝަން ހާސިލުކުރި ވާހަކަ އެ ޓޯކުގައި […]

ރަޝިޔާއަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދު ބައްދަލުކުރަނީ
International

ރަޝިޔާއަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދު ބައްދަލުކުރަނީ

ރަޝިޔާއާގެ އޮފިޝަލުންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު، ޔޫކްރެއިންގެ އޮފިޝަލުންނާ ވެސް އެމެރިކާގެ ވަފުދުން ރިޔާޒުގައި ބައްދަލުކުރަން ނިންމައިފިއެވެ. ޔޫކްރެއިން އާއި ރަޝިޔާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާގެ އިސް އޮފިޝަލުން ރަޝިޔާގެ ވަފުދަކާއެކު މަޝްވަރާތަކެއް އާދިއްތަ ދުވަހު ސައޫދީގެ ވެރިރަށް ރިޔާޒުގައި ވަނީ ކޮށްފައެވެ. އޭއެފްޕީ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ބޭއްވުނު އެމެރިކާ-ރަޝިޔާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އ...

އޮބާމާ ބްލޫސްކައިއާ ގުޅިވަޑައިގެންފި
International

އޮބާމާ ބްލޫސްކައިއާ ގުޅިވަޑައިގެންފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބްލޫސްކައި ޕްލެޓްފޯމްގައި ރަސްމީ އެކައުންޓެއް ހުޅުއްވައި އެޕްލެޓްފޯމާ ގުޅިވަޑައިގެންފިއެވެ. އޮބާމާ ބްލޫސްކައި އާއި ގުޅިވަޑައިގެންފައި މިވަނީ އެމެރިކާގެ ގިނަ ސިޔާސީވެރިން X (ކުރީގެ ޓްވިޓާ) އިން ދުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ބްލޫސްކައިގެ ބާނީ ރޯސް ވަންގް ވަނީ އޮބާމާގެ އެކައުންޓް ޞައްޙަކަން ޔަގީންކޮށްދެއްވާފައެވެ. މި ޕްލެޓްފޯމްގައި ފުރަތަމަ ޕޯސްޓްތަކުގައި، އޮބާމާ އޭނާގެ ރިޔާސަތުގައި ފާސްކުރެވުނު އެފޯޑަބަލް ކެއަރ އެކްޓްގެ 15 ވަނަ އަހަރީދުވަސް ފާހަގަކުރައ...

ކެނެޑާގެ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަނީ
International

ކެނެޑާގެ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަނީ

ކެނެޑާގެ ރިޔާސީ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަން ނިންމައިފިއެވެ. ކެނެޑާގެ ބޮޑުވަޒީރު މާރކް ކާރނީ އާދީއްތަ ދުވަހު އިޢުލާން ކުރެއްވި ގޮތުގައި، އެ ގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ. އެމެރިކާއިން ކެނެޑާ އަށް ކުރިމަތިކުރުވަމުންދާ އެނެކްސޭޝަންގެ ބިރާއި ޓެރިފްތަކުގެ ސަބަބުން، މިއީ ކެނެޑާގެ ތާރީޚުގައި އެންމެ މުހިންމު އިންތިޚާބު ކަމުގައި ބެލެވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކެނެޑާ ވާންޖެހޭނީ އެމެރިކާގެ 51 ވަނަ ސ...

އިންޑިއާގައި 20 އަހަރުގެ އަންހެނަކު ދަންޖައްސާފައި ހުއްޓާ ފެނިއްޖެ
International

އިންޑިއާގައި 20 އަހަރުގެ އަންހެނަކު ދަންޖައްސާފައި ހުއްޓާ ފެނިއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ނާގްރާ ސަރަހައްދުގެ އެކަހެރި އަވަށެއްގައި 20 އަހަރުގެ އަންހެނަކު ދެއަތް ބަނދެ ގަހެއްގައި ދަންޖައްސާފައި ހުއްޓާ އާދީއްތަ ދުވަހުގެ ހެނދުނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެމީހާ ދަންޖެއްސުމުގެ ސަބަބުން މަރުވެފައިވާއިރު، އެ އަންހެންމީހާގެ ދެއަތް ފުރަގަހަށް ބަނދެފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މަރުވެފައިވާ އަންހެންމީހާގެ މާމަ ބުނެފައިވަނީ އޭނާގެ ކާވެނި މިއަހަރުގެ އޭޕްރިލް 25 ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އަމިއްލައަށް މަރުވުމެއ...

ފަލަސްޠީނުގެ އައު ސަފީރަށް މެކްސިކޯގެ ރައީސްގެ މަރުޙަބާ
International

ފަލަސްޠީނުގެ އައު ސަފީރަށް މެކްސިކޯގެ ރައީސްގެ މަރުޙަބާ

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ ފަލަސްތީނުގެ ސަފީރަށް މަރުހަބާ ވިދާޅުވެއްޖެއެވެ. މެކްސިކޯ ސިޓީގައި ހުންނަ ނޭޝަނަލް ޕެލަސްގައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުމް ވަނީ ފަލަސްޠީނުގެ އައު ސަފީރު ނަދިޔާ އާރް. އެޗް. ރަޝީދުގެ ކްރެޑެންޝަލްސް ރަސްމީކޮށް ބަލައިގެންފައެވެ. ރަސްމީ ޙަފްލާއެއްގައި ސަފީރު ރަޝީދު ވަނީ އޭނާގެ ސަރުކާރުގެ ފަރާތުން އަދާކޮށް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަަމަލާތަކާ މެދު މެކްސިކޯގެ ގެންގުޅޭ ވިސްނުމަށް ތަޢުރީ...

ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭގޮތް ހަދަނީ
International

ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭގޮތް ހަދަނީ

މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރަމުންދާ ކަމަށް ޓްރެކަރަކުން ހާމަކޮށްފިއެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މެޓާގެ ދަށުން ހިންގާ މި އެޕްލިކޭޝަނުން އަންނަނީ ބައެއް ސްމާޓްފޯނުތަކުން ފޮޓޯ ނެގުމުގައި ރެކޯޑުކުރެވޭ ކުރު ވީޑިއޯ އަދި އޯޑިއޯ ހިމެނޭ މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރަމުންނެވެ. މި ފީޗަރ ފުރަތަމަ ފެނިފައިވަނީ އެންޑްރޮއިޑް ފޯނުތަކަށް ނެރެފައިވާ ވަޓްސްއެޕްގެ އެންމެ ފަހުގެ ބީޓާ ވަރޝަންގައެވެ. އައިފޯނު ބޭނުންކުރާ ފަރާތްތަކަށް މި ފީޗަރ ފެ...

އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާތީ ދަރިފުޅު މަރާލައިފި
International

އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާތީ ދަރިފުޅު މަރާލައިފި

އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ ބޮޑު ސިޓީ ޕޫނޭގައި ދިރިއުޅެމުންދިޔަ 38 އަހަރުގެ ޓެކްނޮލޮޖީ ދާއިރާގެ މުވައްޒަފެއް، އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވަމުންދާކަމަށް ޝައްކުކޮށް، އެ ދެމަފިރިންގެ 3 އަހަރާއި 6 މަހުގެ ދަރިފުޅު މަރާލައިފިއެވެ. ޗަންދަން ނަގަރު ސަރަހައްދުގައި ހިނގި މި ހާދިސާގައި ކުޑަކުއްޖާގެ ކަރު ބުރިކޮށްލުމަށްފަހު ބޯވަނީ އެހެން ސަރަހައްދަކަށް އެއްލައިލާފައެވެ. އޭގެ ފަހުން ބައްޕަ ފެނުނީ ވަރަށް ބޮޑަށް މަސްތުވެފައި ހުރި ހާލުގައި ލޮޖެއްގެ ތެރެއިންނެވެ. ފުލުހ...

ހަ ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފި
International

ހަ ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލްގެ ވައިގެ ހަމަލާތަކެއްގައި 6 ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ މެޑިކަލް އޮފިޝަލުން އަނަޑޯލުއަށް ކަށަވަރުކޮށްދިން ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީގައިވާ އަލް-ތުއްފާހު ސަރަޙައްދުގައި ހުރި މަޝްހަރާވީ ޢާއިލާގެ ގެއަށް އިސްރާއީލުން ދިން ހަމަލާގައި 6 ކުދިންނާއި އިތުރު 3 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، މެދު ޣައްޒާގެ އަލް-މަޣްރަޤާ ސަރަޙައްދަށް އިސްރާއީލުން ދިން އެހެން ހަމަލާއެއްގައި އިތުރު 2 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް ސޯސްތަ...

ޖީމެއިލްގެ ސާރޗް ފަންކްޝަން އައު ގޮތަކަށް ބަދަލުވަނީ
International

ޖީމެއިލްގެ ސާރޗް ފަންކްޝަން އައު ގޮތަކަށް ބަދަލުވަނީ

ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ގޫގުލްއިން ދީފިއެވެ. އެއީ ޖީމެއިލްގެ ސާރޗް ފަންކްޝަން އައު ގޮތަކަށް ބަދަލުކުރާ ވާހަކައެވެ. މި ބަދަލާއެކު، ބޭނުންވާ އީމެއިލް ހޯދުމަށް ހޭދަވާ ވަގުތު މަދުވެ، މުހިންމު މަޢުލޫމާތު ފަސޭހައިން ލިބޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ. މިހާރު ޖީމެއިލްގައި ސާރޗްކުރުމުން ނަތީޖާ ދައްކަނީ ތާރީޚުގެ ތަރުތީބުންނެވެ. ނަމަވެސް، އާ އަޕްޑޭޓާއެކު ސާރޗްގެ ނަތީޖާ ދައްކާނީ އެ ސާރޗްއާ ގުޅުންހުރި މިންވަރަށް ބަލައިގެންނެވެ. މިގޮތުން، އެ މީހަކާ ގުޅުން ބާއްވާ މިންވަރާއި، އެ...

އެފް-47 ފައިޓަރ ޖެޓް އުފެއްދުމަށް ޓްރަމްޕް ބޯއިންގއާ ހަވާލުކޮށްފި
International

އެފް-47 ފައިޓަރ ޖެޓް އުފެއްދުމަށް ޓްރަމްޕް ބޯއިންގއާ ހަވާލުކޮށްފި

އެފް-47 ފައިޓަރ ޖެޓް އުފެއްދުމަށް ޓްރަމްޕް ބޯއިންގއާ ހަވާލުކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމުގެ އެއަރ ފޯސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އެފް-47 ފައިޓަރ ޖެޓް އުފެއްދުމުގެ މުހިންމު އެއްބަސްވުމެއް ބޯއިންގ އާ ހަވާލުކުރައްވާފައެވެ. ޓްރަމްޕް މި އިއުލާނު ކުރެއްވީ ހުކުރު ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ މިހާރު ބޭނުންކުރަމުންދާ އެފް-22 ސްޓެލްތް ވޯޕްލޭން ބަދަލުކުރުމަށް އާ އަދި އިތުރަށް ތަރައްޤީކުރެ...

ސޫދާނުގެ ރިޔާސީ ގަނޑުވަރު އަނބުރާ ސިފައިންގެ ބާރުގެ ދަށަށް
International

ސޫދާނުގެ ރިޔާސީ ގަނޑުވަރު އަނބުރާ ސިފައިންގެ ބާރުގެ ދަށަށް

ސޫދާނުގެ ވެރިރަށް ޚަރުޠޫމުގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރު، ސިފައިންގެ ބާރުގެ ދަށަށް އަނބުރާ ގެނެސްފިއެވެ. މިއީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސް (އާރު.އެސް.އެފް) އާއި ސަރުކާރު ސިފައިންނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ލިބުނު ފުރަތަމަ މިފަދަ ބޮޑު ކާމިޔާބީއެވެ. އަނަޑޯލޫ ނޫސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ސިފައިންގެ ބާރުތަކުން ޕެރަމިލިޓަރީ ގްރޫޕުގެ ފައިޓަރުން ބޭރުކޮށް ގަނޑުވަރުގެ ފުރިހަމަ ބާރު ހޯދާފައިވެއެވެ. ސިފައިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވ...