އެކްސްގެ ޚިދުމަތް މެދުކެނޑުނީ ސައިބަރ ހަމަލާއެއްގެ ސަބަބުން: މަސްކް
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓަރ) ގެ ޚިދުމަތް މެދުކެނޑުނީ ސައިބަރ ހަމަލާއެއްގެ ސަބަބުން ކަމަށް އެ ކުންފުނީގެ ވެރިޔާ އެލޮން މަސްކް ވިދާޅުވެއްޖެއެވެ. މި ހަފްތާގެ ހޯމަ ދުވަހު އެމެރިކާގައި ގާތްގަނޑަކަށް 12،000 އެކްސް ޔޫޒަރުންނަށް އެ ޕްލެޓްފޯމްގެ ޚިދުމަތް ނުލިބި ދިޔައެވެ. މިކަމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވަމުން މަސްކް ވިދާޅުވީ، “އެކްސްއަށް ވަރަށް ބޮޑު ސައިބަރ ހަމަލާއެއް ދެވުނު. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ހަމަލާ އެބަދޭ. އެކަމަކު މިފަހަރު މިއީ […]