އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުން "އެއްވެސް މީހަކު ސަލާމަތެއް ނުވާނެ" ކަމަށް ކެނެޑާގެ ބޮޑުވަޒީރު މެލަނީ ޖޮލީ ވިދާޅުވެއްޖެއެވެ.

އޭނާ މި މޭރުމުން ވިދާޅުވީ ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ބޮޑުވަޒީރުންގެ ބައްދަލުވުމުގެ ކުރިން ދެއްވި ބަޔާނެއްގައެވެ. ޖޮލީ ވިދާޅުވީ އެމެރިކާއިން ކެނެޑާއަށް މިކަން ކުރެވޭނަމަ، އެހެން ޤައުމުތަކަށްވެސް މިކަން ކުރެވިދާނެ ކަމަށެވެ. އެމެރިކާއާއި ކެނެޑާއަކީ އެންމެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އެމެރިކާއިން ކެނެޑާއަށް މިފިޔަވަޅު އަޅާނަމަ އޭގެން އެއްވެސް ގައުމެއް ސަލާމަތެއް ނުވާނެ ކަމަށެވެ.

Ad
rt

ޖީ7 ބައްދަލުވުމުގެ މައިގަނޑު އެޖެންޑާގައި ހިމެނެނީ ޔުކްރެއިން، މެދުއިރުމަތި، ހައިޓީ އަދި ވެނެޒުއެލާގެ މައްސަލަތަކެވެ. ނަމަވެސް ޖޮލީ ވިދާޅުވީ އެމެރިކާއިން ކެނެޑާގެ މުދަލަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީގެ މައްސަލަ އޭނާ މި ބައްދަލުވުމުގައި ނަންގަވާނެ ކަމަށެވެ. އަދި މިކަމުގައި އެހެން ޤައުމުތަކުގެ އެއްބާރުލުން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕް ސަރުކާރުން، ކެނެޑާގެ ދަގަނޑާއި އެލުމިނިއަމްގެ މައްޗަށް 25 އިންސައްތައިގެ އިމްޕޯޓް ޑިއުޓީއެއް ކަނޑައެޅުއްވިއެވެ. މިކަމާ ގުޅިގެން ކެނެޑާއިން ވަނީ އެމެރިކާގެ 20 ބިލިއަން ޑޮލަރުގެ މުދަލަށް ޑިއުޓީ ކަނޑައަޅާފައެވެ.

ޖޮލީ ވިދާޅުވީ ޓްރަމްޕްގެ މި ސިޔާސަތަކީ އިޤްތިޞާދީ ގޮތުން ކެނެޑާއަށް ބާރު ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ކެނެޑާގެ މިނިވަންކަމަށް ނުރައްކާވާ ފަދަ ގޮތަކަށް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކެނެޑާއިން ޔޫރަޕްގެ ޤައުމުތަކާއެކު ސިފައިންގެ ތަމްރީނުތަކާއި ދިފާޢީ ކަންކަމުގައި އެއްބާރުލުން އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ޖޮލީ ވިދާޅުވިއެވެ.