ބައިނަލްއަޤްވާމީ ''އަޔަން ލޭޑީ އެވޯޑް'' ޑރ. އަނާރާ އަށް
ބައިނަލްއަޤްވާމީ ‘އަޔަން ލޭޑީ އެވޯޑް’ ޑރ. އަނާރާ ނައީމަށް ލިބިއްޖެއެވެ. މިއީ އިންޑިއާގެ އެޑިއުފާމް އިންޓަނޭޝަނަލް އެކަޑަމީ އާއި ސިންގަޕޫރުގެ އޭސިއީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ދޭ އެވޯޑެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށް ދޭ މި އެވޯޑް ޑރ. އަނާރާއަށް ލިބިވަޑައިގެންނެވީ މުޖުތަމައުގައި މީހުން ބާރުވެރިކުރުވައި، މީހުންނަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުންނެވެ. އަދި މުޖުތަމައުގެ...