ވިލިމާލެއިން 13 އަހަރުގެ އަންހެންކުއްޖެއް ގެއްލިއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ވިލިމާލެއިން ގެއްލިގެން ހޯދަމުން އަންނަކަމަށެވެ.

Ad
rt

އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ޒޯޔާ ކިޔާ ކުއްޖެކެވެ.

އެ ކުއްޖާގެ އާއިލާ އާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޒޯޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، 7282434 އަށް ގުޅުމަށް އެދޭ ކަމަށެވެ.