ބަޖެޓު ހުށަހަޅަން ވަޑައިނުގަތުމަށް މާލީ ވަޒީރު ނިންމަވައިފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވަޑައިނުގެންނެވުމަށް ނިންމަވައިފިއެވެ. ދައުލަތުގެ ބަޖެޓު މިއަދުގެ ޖަލްސާ އަށް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފައިވަނިކޮށެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓު މަޖިލީހަށް ހުށައެޅުމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާފައެވެ. އަދި ނިންމެވީ މަޖިލީހަށް ބަޖެޓު ހުށައެޅުމ...