މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ
ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ޝަކުވާތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން، އީސީ އިން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން، ސަބަބާއެކު އަންގާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާ...