މިއަހަރުގެ "ރިވެލި ފޯރަމް" ބާއްވައިފި
މިއަހަރުގެ ރިވެލި ފޯރަމް ބާއްވައިފި އެވެ. ޖެންޑަރ މިނިސްޓްރީން އިންތިޒާމުކޮށްގެން މި ފޯރަމް ބާއްވާފައިވަނީ އެއްދުވަހުގެ މުއްދަތަށެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފ...