Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ހަގީގީ މުސްލިމަކީ އެންމެންނަަށް ހެޔޮއެދޭ މީހާ: ހުތުބާ
Raajje

ހަގީގީ މުސްލިމަކީ އެންމެންނަަށް ހެޔޮއެދޭ މީހާ: ހުތުބާ

ހަގީގީ މުސްލިމަކީ އޯގާވެރި، ކުލުނުވެރި، މަޑުމައިތިރި، ލުއި ފަސޭހަ ކަމަށް ލޯބިކުރާ މީހާ ކަމަށް މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުތުބާގައި ބުނީ އޭނާ އަކީ އޭނާގެ ނަފްސަށާއި ހައްޓަށް ލުއި ފަސޭހަކަމާއެކު އޭނާގެ އަހްލުންނާ މުއާމަލާތްކުރާ މީހާ ކަމަށެވެ. އަދި އޭނާއަކީ އަވަށްޓެރިންނާއި ރަހްމަތްތެރިންނަށާއި މުޖުތަމައުގެ އެންމެހައި އަފްރާދުންނަށް ހިތްހެޔޮ މީހާ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އޭނާއަކީ މުށްބާރުކަމެއް ނެތް، ދީލަތި މީހާ ކަމަށާއި އެންމެެންނަށް ހެޔޮ […]

އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓާމެދު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން: ތަރުޖަމާން
Raajje

އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓާމެދު ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން: ތަރުޖަމާން

އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުތަކާއި ގުޅޭގޮތުން ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އޭނާ ވިދާޅުވީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީނ...

ހއ. ހދ. އަތޮޅު އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ
Thiladhunmathi News

ހއ. ހދ. އަތޮޅު އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

ހއ. އަދި ހދ. އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށާއި މި ހިދުމަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ […]

އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތް ކުރުމުގައި ރައީސް ދެމިހުންނަވާނެ: މިއުވާން
Raajje

އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތް ކުރުމުގައި ރައީސް ދެމިހުންނަވާނެ: މިއުވާން

ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް...

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗް ގައި ހަރަކާތްތަކެއް ހިންގަނީ
Raajje

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗް ގައި ހަރަކާތްތަކެއް ހިންގަނީ

ބައިނަލްއަގްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް އައި.ޖީ.އެމް.އެޗުން ފާހަގަ ކުރަން ނިންމައިފި އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މިއަހަރުގެ މިދުވަހާއި ގުޅުވައިގެން، އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑިޕާޓްމަންޓާއި އަންހެނުންގެ ހާއްސަ ޑިޕާޓްމަންޓް ގުޅިގެން އެކިހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން 17 ނޮވެންބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ އެ ހޮސްޕިޓަލުގައި އެފަދަ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 18 ނޮވެމްބަރު ވ...

ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ ވައިގެ މަގުން ބްރެޒިލުން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި  އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަތީ މި ނޮވެންބަރު 9 ވަނަ ދުވަހު ކަމަށާއި އެއީ އުމުރުން 29 އަހަރުގެ މީހެއް ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވި އެވެ. އެ އިދާރާ އިން ވިދާޅުވީ އެތަކެތި ފެނިފައިވަނީ އޭނާއާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް […]

ނަދީމްގެ މަރު: ދައުވާއިން ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ
Raajje

ނަދީމްގެ މަރު: ދައުވާއިން ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި ދައުވާ ލިބުނު މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ. މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ދައުލަތުން ކުރިން ވިދާޅުވެފައިވާއިރު، ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ވިދާޅުވެފައި ވެއ...

ހައިކޯޓުގެ 42 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންގެ ބެންޗެއް
Raajje

ހައިކޯޓުގެ 42 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންގެ ބެންޗެއް

ހައިކޯޓުގެ ތާރީހު ގައި ފުރަތަމަ ފަހަރަށް އަންހެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ޝަރީއަތެއް ހިންގައިފި އެވެ. އެ ކޯޓުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއާއި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީ ކަމަށެވެ. ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ހިމެނޭއިރު، މި ތިން ކަނބަލުންނަކީ އެ ކޯޓުގައި ތިއްބަވާ ހަމައެކަނި އަންހެން ފަނޑިޔާރުން ވެސް މެއެވެ. މިއީ ހައިކޯޓު އުފައްދައިގެން...

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރިވެއްޖެ
Raajje

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރިވެއްޖެ

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ. ސްޕޭނުގެ ބާސަލޯނާގައި ކުރިއަށްދާ މި ކޮންގްރެެސް ފެށީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އެ ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު އެވެ. މި ބައްދަލުވުމުގައި މިއަދު އޮތް ދަންފަޅިތަކުގައި ވަނީ އެ ކައުންސިލްގެ މިދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި ދުނިޔޭގެ ތަފާތު 70 ޤައުމަކުން […]

ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
Thiladhunmathi News

ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ. އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ އަތޮޅު ކައުންސިލްގެ ރައީސް އަދި ދިއްދޫ ކައުންސިލުގެ ރައީސް އާއި ދިއްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2022 އޯގަސްޓު 10 ގަ އެވެ. މި މަޝްރޫޢަށް […]

ހަށިވިއްކަން ފުރުސަތު ދީގެން ނުތިބެން، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: އިމްރާން
Raajje

ހަށިވިއްކަން ފުރުސަތު ދީގެން ނުތިބެން، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: އިމްރާން

ހަށިވިއްކުމަށް ފުރުސަތު ދީގެން ނުތިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ސޯޝަލް މީޑިއާއިން މިހާރަކަށް އައިސް ގިނައިން ފެންނަނީ އެ މީޑިއާ (ހަށިވިއްކުން) ފުޅާވެފައިވާ މިންވަރު ކަމަށެވެ. އަދި ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެފަދަ ހަ...

ޓެކްސް ބޮޑުކުރަން ފާސްކޮށްފި
Business

ޓެކްސް ބޮޑުކުރަން ފާސްކޮށްފި

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުން ނެވެ. މި އިސްލާހުގައިވާގޮތުން ޓީޖީއެސްޓީ 12 ޕަސ...

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ  ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. އިމްރާން ވިދާޅުވީ އެކި މަރުހަލާތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި އެންމެ އިސްކަމެ...

ކަޅުއޮށްފުންމި ބޭއްވުމަށް އެންމެރަނގަޅީ ބާރަށުގައި، އެ މަސައްކަތް ދަނީ ކުރަމުން: ޔުމްނާ
Thiladhunmathi News

ކަޅުއޮށްފުންމި ބޭއްވުމަށް އެންމެރަނގަޅީ ބާރަށުގައި، އެ މަސައްކަތް ދަނީ ކުރަމުން: ޔުމްނާ

ކަޅުއޮށްފުންމި މިވަގުތު ހުރީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުގައި ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އެކަމަނާ ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހއ. ބާރަށުގައި ކަޅުއޮށްފުންމި ބާއްވާނެ ޖާގައެއް ހަދައި، އެރަށަށް އެ އުޅަނދު ގެންދިއުމަށް ކަމަށެވެ. އެއީ ބޮޑުތަކުރުފާނާއި ގުޅުންހުރި މިކަހަލަ އޮޑ...

އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް އެމްއެމްސީ އިން ހަނދާންކޮށްދީފި
Raajje

އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް އެމްއެމްސީ އިން ހަނދާންކޮށްދީފި

މުޖުތަމަޢުގެ އާންމު އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހަނދާންކޮށްދެއްވައިފި އެވެ. އެމްއެމްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މައުލޫމާތަކީ ސައްހަ، ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް ހަނދާންކޮށްދެއްވާ ކަމަށެވެ. މީގެ އިތުރުން ސައްހަ މަސްދަރުތަކުން ހޯދާ މައުލޫ...