ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަނީ
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރ ސަރވިސް ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ކަމަށެވެ. އެޗްޑީސީ ބިލްޑިންގ ގައި މީގެކުރިން ދެމުންދިޔަ ހުރިހައި ހިދުމަތެއް އައު އޮފީހުން ވެސް ލިބޭނެ ކަމަށާއި މާދަމާއިން ފެށިގެން އެ ހިދުމަތްތައް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. ކަސްޓަމަރުންގެ ސަމާ...