ކޮންމެ ޖުލައި މަހެއްގައި އާންމުކޮށް ހުޅުވާލައިގެން ކައުންސިލްތަކުން ބާއްވަންޖެހޭ އާންމު ބައްދަލުވުން ބާއްވާފައިވަނީ ތިލަދުންމަތީގެ 23 ކައުންސިލަކުން ނެވެ. މި ބައްދަލުވުން ނުބާއްވަނީ ތިލަދުންމަތީގެ 4 ކައުންސިލަކުން ނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ގެ 110 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހޭނެއެވެ. ޖުލައި މަހުގައި ބާއްވާ ޢާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަތް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަން ޖެހޭނެއެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ފަދައިން، 2019 ވަނަ އަހަރު ޖުލައި މަހު މި ދެންނެވި އާންމު ބައްދަލުވުން ބާއްވާފައިވާ ކައުންސިލްތަކުން ބައްދަލުވުން ބޭއްވިގޮތުގެ މައުލޫމާތު އެލްޖީއޭ އާއި ހިއްސާކުރައްވަން ޖެހޭނެއެވެ.
ޖުލައި މަހުގެ އާންމު ބައްދަލުވުން ބޭއްވުމަށްފަހު ހއ އަތޮޅުގެ ހުރިހާ ރަށު ކައުންސިލަކުން ވަނީ އެލްޖީއޭ އަށް ހުށައަޅާފައެވެ. އެއީ ހއ ތުރާކުނު ކައުންސިލް، ހއ އުލިގަމު ކައުންސިލް، ހއ މޮޅަދޫ ކައުންސިލް، ހއ ހޯރަފުށި ކައުންސިލް، ހއ އިހަވަންދޫ ކައުންސިލް، ހއ ކެލާ ކައުންސިލް، ހއ ވަށަފަރު ކައުންސިލް، ހއ ދިއްދޫ ކައުންސިލް، ހއ ފިއްލަދޫ ކައުންސިލް، ހއ މާރަންދޫ ކައުންސިލް، ހއ ތަކަންދޫ ކައުންސިލް، ހއ އުތީމު ކައުންސިލް އަދި ހއ މުރައިދޫ ކައުންސިލެވެ.
ޖުލައި މަހުގެ އާންމު ބައްދަލުވުން ބޭއްވުމަށްފަހު އެލްޖީއޭ އަށް ހުށައަޅާފައިވާ ހދ އަތޮޅު ރަށު ކައުންސިލް ތަކަކީ ހދ ހަނިމާދު ކައުންސިލް، ހދ ނައިވާދޫ ކައުންސިލް، ހދ ނޮޅިވަރަމްފަރު ކައުންސިލް، ހދ ނެއްލައިދޫ ކައުންސިލް، ހދ ނޮޅިވަރަމް ކައުންސިލް، ހދ ކުރިނބީ ކައުންސިލް، ހދ ނޭކުރެންދޫ ކައުންސިލް، ހދ ވައިކަރަދޫ ކައުންސިލް އަދި ހދ މަކުނުދޫ ކައުންސިލް އެވެ.
ތިލަދުންމަތީގެ 26 ކައުންސިލްގެ ތެރެއިން މަސައްކަތު ތާވަލު ހުށަނާޅާ 4 ކައުންސިލް އަކީ
- ހދ ފިނޭ ކައުންސިލް
- ހދ ހިރިމަރަދޫ ކައުންސިލް
- ހދ ކުޅުދުއްފުށީ ކައުންސިލް
- ހދ ކުމުންދޫ ކައުންސިލް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!