ހއ. އިހަވަންދޫގައި އެއްގަމު ލައިސަންސް ނެގުމަށް ޓްރެކެއް ހަދާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އެފަރާތްތަކުން މިފެށޭ ފެބުރުއަރީ މަހުގެ 06 ވަނަ ދުވަހުގެ 13:15 އަށް އެއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު ފެބުރުއަރީ 14 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކޮށް މިމަސައްކަތް ހަވާލު ކުރެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކް ޑިޒައިން މަސައްކަތް ނިންމާ ކައުންސިލާއި ހަވާލުކޮށްފައި ވަނީ، 17 ޖެނުއަރީ 2021 އެވެ. އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދެމުން ދަނީ އެރަށުގެ އޮޓޯސޭވް ޕްރޮޑަކްޝަން (އޭ.އެސް.ޕީ) ސްޓޫޑިއޯ އިންނެވެ.