30 ދުވަހަށް ފަހު ށ. ފޯކައިދޫގެ މޮނިޓަރިން އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން މިއަދު އެރަށުގެ މޮނިޓަރިން އުވާލިކަން އަންގާފައި ވަނީ ރަށުގައި އާބާދީގެ ނިސްބަތުން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު އިތުރު ކުރުމަށް ޝަރުތު ކޮށްފައެވެ.

Ad
rt

މޮނިޓަރިން އުވާލުމާއިއެކު ޢާންމު ހާލަތަށް ރުޖޫޢަވުމަށްޓަކައި ރައްޔިތުންނާ މަޢުލޫމާތު ޙިއްސާކުރުމަށް އެރަށު ސިއްޙީ މަރުކަޒުންވަނީ ރޭ ބައްދަލުވުމެއް ބާއްވާފައެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު އެރަށް މޮނިޓަރިންއަށް ލާފައިވަނީ، ބަލިވެގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ދެއްކި މީހަކު ޕޮޒިޓީވް ވުމާއި ގުޅިގެންނެވެ.

ޕޮޒިޓިވްވެފައި ވަނީ ރޭންޑަމް ސާމްޕަލް އަކަށް ވުމާއިއެކު ރަށުތެރެއިން ނެގި ސާމްޕަލް ތަކުގެ ތެރެއިން މިހާތަނަށް 167 މީހަކު ޕޮޒިޓިވްވެ ރަށުތެރޭގައިވަނީ ބަލި ފެތުރިފަ އެވެ.

މިހާތަނަށް 149 މީހުން ބަލިން ރަނގަޅު ވެފައިވާއިރު މިހާރު ރަށުގައި ބަލިން ޖެހިފައިތިބީ 14 މީހުންނެވެ.