މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީލިބިފައެވެ. އެއީ މޯބައިލް ޖިދުމަތްތަކުން ލިބުނު 320 މިލިއަން ރުފިޔާ އާއި ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުންލިބުނު 102 މިލިއަން ރުފިޔާގެ އިތުރުން އެހެން ހިދުމަތްތަކުން ލިބުނު 187000ރ. އެވެ.

Ad
rt

ދެވަނަ ކުއާޓާރުގައި އުރީދޫއަށް ލިބުނު އާމްދަނީ ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ އަޅާބަލާއިރު ވަނީ 5.3 އިންސައްަތަ ދަށްވެފައެވެ. ނަމަވެސް،މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އާމްދަނީ ވަނީ 3.3 އިންސައްތަ އިތުރުވެފައެވެ.

ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވި ސަބަބެއް ކަމަށް އުރީދުއިން ބުނީ ކޯވިޑް-19އާ ގުޅިގެން ރޯމިންހިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ.