ހއ އިން ފެށިގެން އައްޑުއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓްރޮލޮޖީ އިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ހއ އިން ފެށިގެން އައްޑުއާއި ހަމައަށް ބޯކޮށް ވާރޭ ވޭހެނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދަށް ވައިގަދަވާނޭ ކަމަށށް ލަފާކުރެވޭކަމަށެވެ. މޯލްޑިވްސް މީޓްރޮލޮޖީ އިން އިތުރަށް ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށެވެ.
White Alert for heavy rain & strong winds pic.twitter.com/L8XHGZtrry
— Maldives Meteorology (@MetMaldives) September 24, 2019
މޯލްޑިވްސް މީޓްރޮލޮޖީ އިން ހއ އިން ފެށިގެން އައްޑުއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން މިރޭ 22:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!