ވާރލްޑް އިންވެސްޓަރ ވީކްގެ އެވެއާނެސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުމުގެ މަޤްޞަދުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (IOSCO) އިން އިންތިޒާމްކޮށްގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ މި ހަފުތާގައި IOSCOގެ މެންބަރު ޤައުމުތަކުގައި ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

Ad
rt

އެގޮތުން 'ވާރލްޑް އިންވެސްޓަރ ވީކް 2019' ގައި އެވެއާނެސް ސެޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ޕެންޝަން ރިޓަޔަރމަންޓް ސްކީމް، ސެކަންޑަރީ މާކެޓް، އިސްލާމިކް ފައިނޭންންސް އަދި ފައިނޭންޝަލް ޓެކްނޮލޮޖީގެ ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ މި ސެޝަންގައި 30 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޖާގަ ދެވޭނީ ނަން ހުށަހަޅާ ތަރުތީބުންނެވެ.

މި ސެޝަން ނަގައިދޭނީ ދިވެހިބަހުންނެވެ. ސެޝަން ކުރިޔަށް ދާނީ 01 އޮކްޓޫބަރު 2019ގެ ހެނދުނު 08:15 ން 12:00 އަށެވެ.