ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަަަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 82 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 71،519 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 9.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.