ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް އެސްޓީއޯ ސުޕަމާޓުން ބާޒާރުކުރުމުން ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމަށް އެންމެ މުހިއްމު ކަމަކީ އާދަކާދައަށް ބަދަލު ގެނައުން ކަމަށްވާއިރު ގެއިން ކޮތަޅު ހިފައިގެން ބާޒާރުކުރަން އަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ދިނުމަކީ އެފަދަ އާދަތައް އަށަގެންނެވުމަށް ދެވޭނެ ހިތްވަރެއްކަމަށް ދެކޭ ކަމަށެވެ. އެގޮތުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ސުޕަމާޓުން ވިޔަފާރިކުރާ ފަރާތްތަކަށް ދެ ޕަސެންޓުގެ ޑިސްކައުންޓެއް ދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެއް ކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.

އަޅުގަނޑުމެން ބާރުއަޅަނީ ވިޔަފާރި ކުރުމުގައި އަބަދުވެސް ތިމާވެއްޓާ ރަހުމަތްތެރި ގޮތް ޚިޔާރުކުރުމަށް! ޕްލާސްޓިކް މަދުކުރުމަށް އެއްބާރުލުންދެމާ! އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަމާ!