ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ނަމުގައި ސޯޝަލް މީޑިއާގައި ފޭކް އެކައުންޓެއް ހުޅުވައިގެން އޮޅުވާލަައިގެން ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެ އެކައުންޓުން މެސެޖު ކުރަނީ އެސްޓީއޯ ހޯމް އިމްޕްރޫވަމަންޓް ގެ 26ވަނަ އެނިވާސަރީ ގިވްއަވޭގަައި ބައިވެރިވާ މީހުންނަށް ކަމަށެވެ. އެހެންކަމުން އެކަމަށަ ސަމާލުވުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އެއްވެސް ކަސްޓަމަރެއްގެ ބޭންކު އެކައުންޓުގެ މައުލޫމާތު ހޯދަން މެސެޖު ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން ގިވްއަވޭއިން ހޮވޭ ފަރާތްތަކަށް މެސެޖު ކުރާނީ އެސްޓީއޯގެ ކޯޕަރޭޓް އެކައުންޓުތަކުން އެކަނި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!