މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރު އޭޓީއެމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
މި އޭޓީއެމް ހުޅުވާފައިވަނީ ހުޅުމާލެ ރަށު މާރުކޭޓުގައެވެ. މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުއެވެ.
މި އޭޓީއެމްއަކީ ހުޅުމާލޭގައި ބަހައްޓާފައިވާ އެ ބޭންކުގެ ދެވަނަ އޭޓީއެމްއެވެ. މި އޭޓީއެމްއާއެކު އެމްއައިބީގެ އޭޓީއެމްތަކުގެ އަދަދު މިހާރު ވަނީ 19 އަށް އަރާފައެވެ.
މި އޭޓީއެމުން އެހެން އޭޓީއެމްތަކުން ލިބޭ ޙިދުމަތްތަކުގެ އިތުރުން، ކޭޝްކާޑަކާއި ނުލައި ފައިސާ ޖަމާކުރުމުގެ ޙިދުމަތް ލިބޭނެއެވެ. މިއީ ކާޑުގެ ބަދަލުގައި ފޯނު ނަންބަރު ޖަހައިގެން ލިބޭ ހިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!