މިދިޔަ އަހަރު މާލީ ރިޕޯޓް ހުށައަޅާފައިނުވަނީ 12 ކުންފުންޏަކުން ކަމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނަގަތުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ތައްޔާރުކުރި މިދިޔަ އަހަރުގެ ރިވިއު ރިޕޯޓުގައި ބުނެފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން އިއްޔެ ނެރެފައިވާ މިދިޔަ އަހަރުގެ ފައިނޭންޝަލް ރިވިއު ރިޕޯޓުގައި ހިމަނާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ބޯޑަށް ލިބިފައިވާ ރިޕޯޓުތަކެވެ. އެ ބޯޑަށް ރިޕޯޓް ހުށަހަޅަން ދިން މުއްދަތުގައި 12 ކުންފުންޏަކުން އަހަރީ ރިޕޯޓް ހިއްސާކޮށްފައި ނުވާކަމަށެވެ.
އަހަރީ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަން، ވޭސްޓް މޭނޭޖްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، ކައްދޫ އެއާޕޯޓް ކޮމްޕެނީ އާސަންދަ، ފެނަކަ ކޯޕަރޭޝަން، އައިލޭންޑް އޭވިއޭޝަން ސާވިސް، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން އަދި ޕަބްލިކް ސާވިސް މީޑިއާ ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!