ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާރުތަށް ދޫކުރާނެކަމަށާއި އަތޮޅުތެރެ ދިރުވާނެކަމަށް އަދި އެމްޑީޕީއާއެކު މުޅި އުތުރު ދެމިގަންނާނެކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރ ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅުގައި ތިބި ފަރާތްތައް އުޅެނީ ރާއްޖޭގެ އުތުރުގެ ރައްޔިތުންގެ އަތްމަތި ތިޔާގިވެދާނެތީ އޮބިތަންޑު އަޅައިގެން ކަމަށެވެ.

Ad
rt

ލައްކަ ދުވަސްވެއްޖެ އުތުރުގެ ރައްޔިތުންގެ އަންމަތި ތިޔާގިވެ ހަމައިސްކޮޅަށް ތެދުވެދާނެތީ އޮބިތަންޑު އަޅައިގެން އުޅޭތާ

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު މިހެން ވިދާޅުވީ އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓަށް ފާޑުކިޔައި އެއިން މަސްތުވާތަކެއްޗާއި ހަތިޔާރު ގެންނަ ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުންއަން ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު މެމްބަރުންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާސިރު ވިދާޅުވީ އުތުރުގެ ރައްޔިތުންގެ އަންމަތި ތިޔާގިވެ ހަމައިސްކޮޅަށް ތެދުވެދާނެތީ އޮބިތަންޑު އަޅައިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ ކަމަށާއި އިދިކޮޅުގައި ތިބެގެންވެސް ހޭބޯނާރާ އުޅެނީ އެކަމުގައި ކަމަށެވެ.

"ވަރަށް ސޮރީ، އެމްޑީޕީ ބާރުތަށް ދޫކުރާނެ، އަތޮޅުތެރެ ދިރުވާނެ، އެމްޑީޕީއާއެކު މުޅި އުތުރު ދެމިގަންނާނެ."

ލާމަރުކަޒު ކުރުމާއި އަތޮޅުތެރެ ތަރައްޤީކުރާނެކަމަށް އިސާރާތްކުރައްވަމުން ޔާސިރު ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިންގެ ފެރީ ރާއްޖެއަށް ދަތުރުފެށީ މިމަހުގެ 21ވަނަ ދުވަހުއެވެ. 4 ދުވަހުގެ ދަތުރަށްފަހު މިހާރު އެ ބޯޓު ވަނީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައެވެ. ކޮޗިން އާއި ކުޅުދުއްފުއްޓާއި ދެމެދު ކުރާ ދަތުރުތަކަށް ކާގޯ ފެރީގެ ގޮތުގައި ބޭނުން ކުރަނީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަންގެ ބޯޓެވެ.

ކޮޗިންއިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ގައެވެ. އިންޑިއާގެ ކޮޗިންއިން އައި، ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައި ވެއެވެ.