އަންހެނުން ފަނޑިޔާރުކަމަށް ގެންނަން ބޭނުންވާ މީހުން ޓީވީ ލައިވް އަކަށް، އެއިނާއާއި އެކު އެރުމަށް ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފިއެވެ.
މޮސްޓާ މިއަދު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިން ބޭފުޅަކާ ނުލާވެސް އަންހެނުން ފަނޑިޔާރުކަމަށް ގެންނަން ބޭނުންވާ މީހުން ރައްޔިތުންގެ ކުރިމަތީ ލަދު ގަންނަވާލާނެކަމަށެވެ.
އައްސައިޙް އަލީ ޒާހިރު، ޑރ އިޔާޒް، އާދަމް ސަމީމު މެންފަދަ ބޭފުޅުން ނުލާވެސް، އިރާދަ ކުރެއްވިއްޔާ ރައްޔިތުންގެ ކުރިމަތީ ލަދު ގަންނަވާލާނަން.
މިޓުވީޓާއި ވިދިގެން މޮސްޓާއިތުރަށް ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިޓުވީޓުގައި ބުނެފައިވަނީ ފަނޑިޔާރުކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރަނީ މަޖިލިސްގެ ރައީސްގެ ޒާތީ ހަސަދައެއް ފިލުވާލުމިގެ ގޮތުންކަމަށެވެ. ނިންމާލަމުން ބުނެފައި ވަނީ އިރާދަ ކުރެއްވިއްޔާ މިނުބައި އަމަލުގަައި ބައިވެެރި ނުވާނެކަމަށެވެ.
އަންހެނުން ފަނޑިޔާރުކަމަށް ގެނައުމާއި ގުޅިގެން މޮސްޓާ ވަނީ މަޖްލިސައަށް ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!