ޑިދޯނިފަހަރު ބަންނަން ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާޢު ގޮވާލައިފިއެވެ.

މަޖިލިސްގައި ވާހަކަދައްކަވަމުން ޝިފާޢު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢާތު ތަރައްޤީ ކުރުމަށްޓަކައި މަސްވެރިކަމަށް ބޭނުންކުރެވޭ އޮޑިދޯނިފަހަރު ބަންނަން ބޭނުންކުރާ ސާމާނުން މިހާރު ނަގަމުންދާ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެކްސް ކަނޑާލަން ޖެހޭކަމަށެވެ.

Ad
rt

ޝިފާޢު ވިދާޅުވީ މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާކަން. އާމްދަނީ ލިބޭކަނ. އެހެންވެއްޖެއްޔާ މަސްވެރިންގެ ޙައްޤުގައި މިކަން ކޮއްދިނުމަކީ ސަރުކާރުގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް" ޝިފާޢު ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް އައުމަށް ފަހު، ޑީސަލުން އިމްޕޯޓް ޑިއުޓީ ވަނީ ކަނޑައިލާފައެވެ. އޭގެ ސަބަބުން މިހާރަށްވުރެ ހެޔޮ އަގުގައި މަސްވެރިންނަށް ޑީސަލް ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ.