މިއަދު ޑޮލަރެއް ގަންނަން ލިބުނީ 19 ރުފިޔާއަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅު ވެއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރަށް ޝިޔާމް މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ.

Ad
rt

ޝިޔާމް ވިދާޅުވީ މަޖިލީހުގެ އިގުތިޞާދީ ކޮމެޓީގެ ބައްދަލު ވުމެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަރިހު "ފައިސާ ޗާޕު ކުރަށްވާނަންތޯ" އޭނާ އެއްސެވި ކަމަށެވެ.

ޖަވާބުގައި "ތިމަންނަ ނުކުރަށްވާނެ ކަމަކީ ފައިސާ ޗާޕްކުރުން ކަމަށް" ގަވަރުނަރު ވިދާޅުވި ކަމަށް، ޝިޔާމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ފައިސާ ޗާޕްކުރުމަކުން އިންފްލޭޝަން މައްޗަށް ނުދާނެ ކަމަށާއި، އެހެން ނަމަވެސް މިއަދު ޑޮލަރެއް ގަންނަން ލިބުނީ 19 ރުފިޔާއަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ވަނީ މީން ޒަމާނަކު ނުދާހާ ދަށަށްގޮސްފައެވެ. މީގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ވެސް އިންތިހާއަށް ކޮށްފައި ވާއިރު، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައި ވާކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.