ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އޮންލައިން ޝޮޕް eSTOre.mv އިން އޯޑަރ ކުރާ މުދާ ގޭގެއަށް ގެންގޮސް ދިނުމުގައި ގައުމީ ދިފާއީ ބާރުގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތް ސިފައިން ކުރަނީ އެސްޓީއޯގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ.

Ad
rt

ސިފައިން ދަނީ އާއްމުން ގޭގެ އަށް މުދާ ހޯދަން ދީފައިވާ އޯޑަރު ތަކަށް މުދާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، އެސްޓީއޯ ސުޕަ މާކެޓުގައި ހަރަކާތްތެރިވަމުންނެވެ. އާއްމުން ފޮނުވާފައިވާ ލިސްޓުތަކަށް މުދާ ނަގައި ގޭގެއަށް ގެންގޮސްދޭން ސިފައިންގެ ޓީމެއް ދަނީ ސުޕަމާކެޓުގައި ހަރަކާތްތެރިވަމުންކަމަށް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ މުދާ އެންމެ ފުޅާކޮށް ސަޕްލައި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންނެވެ.