ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކާއި، ޔުނިސަރސިޓީ އަދި ކޮލެޖްތައް ބަންދު ކުރަންޖެހި ދަރިވަރުންނާއި، މުދައްރިސުން ގޭގައި ތިބެން ޖެހިފައިވާ މިދަނޑިވުގައި ތަޢުލީމާއި ބެހޭ ވަޒީރު އައިޝަތު ޢަލީގެ އަގުހުރި ހަދިޔާއެއް އެފަރާތްތަކަށް ފޮނުއްވައިފިއެވެ.

އެކަމަނާ ކުރެއްވި ޓުވީޓެއްގައިވަނީ ހިލޭ 1.4 އޮންލައިން ފޮތް ކިޔާލެވޭ ލިންކެއް ހިއްސާ ކުރަށްވާފައިއެވެ. އެލިންކަށް ކްލިކް ކޮށްލުމުން ހިލޭ 1.4 މިލިއަން ފޮތް ކިޔާލެވޭ "ނޭސަނަލް އެމެޖެންސީ ލައިބްރަރީ"އަށް ވަދެވެއެވެ.

Ad
rt

މިދަނޑިވަޅުގައި ކިޔަވާ ކުދިންނާއި، މުދައްރިސުންނަށް މިއީ ވަޒީރު އައިޝަތު ޢަލީގެ ވަރަށް ބޮޑު ހަދިޔާއެއްކަން ކަށަވަރެވެ.

އޭގެ އިތުރުން އޮންލައިނުކޮށް ފޮތްކިޔައި، އެކި ބޭނުންތަކަށް މަޢުލޫމާތު އެއްކުރާ ދަރިވަރުންނާއި، ކިޔަވައިދޭ ފަރާތްތަކަށާއި، މިނޫންވެސް މައުލޫމާތު މުއްސަނދި ކޮށްލަން ބޭނުން ކޮންމެ މީހަކަށް މި ހަދިޔާގެ ބޭނުން ކުރެވޭނެއެވެ.