ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބްސެންޓަރ ގައި ރިޕޯޓްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އަންގައިފިއެވެ.

އެމިނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ނުރައްކާ ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާއިރު،
ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށާއި މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤްޞަދުގައި ވިޔަފާރިތަކަށް ކޭޝްފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާކަމަށެވެ.

Ad
rt

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރައާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، މި މިނިސްޓްރީއިން ގާއިމުކޮށްފައިވާ ޖޮބް-ސެންޓަރ (jobcenter.mv) ގައި ރިޕޯޓްކޮށް އެމިނިސްޓްރީއާ މަޢުލޫމާތު ޙިއްޞާކުރެވޭނެ އިންތިޒާމު މިހާރު
ހަމަޖެހިފައިވާނެކަމަށެވެ.

އަދި މި މަޢުލޫމާތާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅުއްވުމަށްވެސް ދަންނަވާފައިވެއެވެ.