އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު، މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ޒާހިދު މަގާމުން އިސްތިއުފާދެއްވާފައިވާކަން އީސީން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ނުބުނެއެވެ.
އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާޙުގެ ދަށުން، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ.
ޒާހިދު ވަނީ މީގެ ކުރީން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަމާއި، ޖެންޑާ މިނިސްޓްރީގެ ނައިބުކަން ކުރަށްވާފައެވެ.
ޒާހިދު އީސީގެ ރައީސްކަމުން އިސްތިއުފާދެއްވާފައި މިވަނީ އެ ކޮމިޝަނުން އަންނަނީ އަންނަ ޖޫން ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!