އުރީދޫ މޯލްޑިވްސް އިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ކަސްޓަމަރުންނަށް އަމާޒުކޮށް އާ ރޯމިން ޑޭޓާ އެޑް-އޮން ޕެކްތަކެއް ތައާރަފްކޮށްފި އެވެ.
މި ޕެކްތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.
އުރީދޫއިން ތައާރަފުކުރި މި އާ ރޯމިން ޑޭޓާ އެޑް-އޮންތަކުގެ ތެރޭގައި ޑޭ ޕާސް، ދެ ހަފްތާގެ ޕެކް އަދި ހަތަރު ހަފްތާގެ ޕެކް ހިމެނެއެވެ. މި އެޑްއޮންތަކާއެކު ދިވެހިން ރާއްޖެއަށް ބޭރަށް ކުރާ ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، ދެފުށް ފެންނަ އަގުތަކާއި ރިއަލް ޓައިމް ޔޫސޭޖް ޓްރެކިންއާއެކު ރޯމިން ބޭނުންކުރުމުގެ ފުރިހަމަ ކޮންޓްރޯލް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ކަސްޓަމަރުންނަށް ދަތުރުގެ މުއްދަތާއި ޑޭޓާ ބޭނުންތަކަށް އެންމެ އެކަށޭނަ ޕްލޭނެއް ޚިޔާރުކުރުމުގެ ފުރުސަތު މި ޕެކްތަކުން ލިބިގެންދެއެވެ.
ޕޯސްޓްޕެއިޑް ރޯމިން އެޑް-އޮންތައް (+35 ގައުމު)
ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 35 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ ގޮތަށް ތިރީގައި މިވާ އެޑް-އޮންތައް ވަނީ ތައާރަފްކޮށްފައެވެ:
4 ޖީބީ 4 ހަފްތާއަށް: 375 ރުފިޔާ
2 ޖީބީ 4 ހަފްތާއަށް: 400 ރުފިޔާ
2 ޖީބީ 2 ހަފްތާއަށް: 200 ރުފިޔާ
5 ޖީބީ 4 ހަފްތާއަށް: 750 ރުފިޔާ
1 ޖީބީ ޑޭ ޕާސް: 99 ރުފިޔާ
ޕްރީޕެއިޑް ރޯމިން އެޑް-އޮންތައް (+13 ގައުމު)
ޕްރީޕެއިޑް ކަސްޓަމަރުންނަށް 13 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ ގޮތަށް ތިރީގައި މިވާ އެޑް-އޮންތައް ވަނީ ތައާރަފްކޮށްފައެވެ:
2 ޖީބީ 2 ހަފްތާއަށް: 250 ރުފިޔާ
1 ޖީބީ ޑޭ ޕާސް: 99 ރުފިޔާ
މި އެޑް-އޮންތަކަކީ ރާއްޖޭން ބޭރުގައި އާ ތަންތަން ބަލާލުމާއި، މަސައްކަތް ކުރުމާއި، އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތުތައް ހިއްސާ ކުރުމާއި، ނެވިގޭޝަން އަދި ޒަރޫރީ ޓްރެވަލް އެޕްތައް ބޭނުންކުރުމުގައި ގުޅުން ބަދަހި ކުރަން ބޭނުންވާ ދަތުރުވެރިންނަށް ވަރަށް ކަމުދާނެ ޕެކްތަކެކެވެ. މި ޕެކްތަކުގެ ސަބަބުން ވާދަވެރި އަގުތަކުގައި ޑޭޓާ އެލަވަންސްތައް ލިބި، ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު އިތުރަށް ފަސޭހަވެގެން ދާނެއެވެ.
ކަސްޓަމަރުންނަށް ރޯމިން ޑޭޓާ ޕެކޭޖެއް ވަގުތުން އެކްޓިވޭޓް ކުރެވޭނެއެވެ. އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޚިދުމަތްތައް ހޯދޭނެއެވެ. އިތުރު މައުލޫމާތު http://ore.do/roaming އިން ލިބިވަޑައިގަންނަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!