ހއ. އިހަވަންދޫ އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިހަވަންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 212 ވަނަ އާއްމު ޖަލްސާގައެވެ.
މި ބިމަކީ އޭ.ކޭ.އެޗް ފައުންޑޭޝަނުން ހުށަހަޅާފައިވާ ހުށައެޅުމެއްގެ ދަށުން ދޫކުރަން ނިންމި ބިމެކެވެ. މި ހުށަހެޅުމުގެ ދަށުން އެ ފައުންޑޭޝަނަށް 150 ފޫޓް 100 ފޫޓް (15000 އަކަފޫޓް) ގެ ބިމެއް ދޫކުރުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
އެ ބިމަކީ އިހަވަންދޫގައި މިހާރު ބޭނުންކުރަމުންދާ ކުނިކޮށީގެ އިރަށް، އާރުޑީސީ އިހަވަންދޫ ސައިޓުގެ ދެކުނަށް އޮތް ބިމުގެ ސަރަހައްދެކެވެ.
މީގެ އިތުރުން އިހަވަންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 212 ވަނަ އާއްމު ޖަލްސާގައި ވަނީ ބަނދަރުން ކަރަންޓާއި ފެނުުގެ ޚިދުމަތް އާއްމު ރޭޓުގައި ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި ޚިދުމަތުގެ ފީގެ ގޮތުގައި 10 ރުފިޔާ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުން ނިންމި ބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ތިން މެމްބަރަކު ބައިވެރިވެފަވެއެވެ. އިހަވަންދޫ ކައުންސިލަރުންގެ އަދަދަކީ 7 އެވެ. ބައިވެރިނުވަނީ ސަލާމްގައި ހުންނެވި މެމްބަރަކާއި ޢާއިލީ ޒިންމާގައި ހުންނެވި މެމްބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!