ވެލިދޫ ކުނިކޮށީގައި ރޯވި އަލިފާން، ފުލުހުންނާއި ރައްޔިތުން ނިކުމެ ނިއްވާލައިފި އެވެ.

އެރަށުން މަޢުލޫމާތު ދިން މީހަކު ބުނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއްކަމަށް ބެލެވޭ ކަމަށާއި ކުނި ކޮށީގައި ރޯކޮށްލީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

ނ ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ 02:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާން ނިއްވުމަށް ފުލުހުއްނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ކޮންޓުރޯލު ކުރެވިފައިކަމަށާއި މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ގދ.ތިނަދޫ ކުނިގޮނޑުގައި އަލިފާ ް ރޯވެފައި ވާއިރު މީގެ ދެދުވަސަ ކުރިން އއ. ތޮއްޑޫގައި ދަނޑު ތަކުގައިވެސްވަނީ ބަޔަކު ރޯކޮށްލާފައެވެ.