ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގައި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލު ޖެހި، އެ ދެ ސައިކަލުގައި ތިބި 4 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!