ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ކުރަންހެޔޮވާވަރު ކަމެއް ނޫންކަމަށް ކެނދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އެމްއޭސިއެލްގެ ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުންވާނެ ކަމެއްކަމަށްވެސް މެމްބަރު ޢަލީވަނީ ވިދާޅުވެފައެވެ.
ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުންވާނެ ކަމެއް. ތިޔައީ ކުރަންހެޔޮވާވަރު ކަމެއް ނޫން. https://t.co/3iVQpryKRE
— Ali Hussain (@AleeVoice) January 16, 2020
މެމްބަރު އަލީ ހުސައިން ވަކާލާތު ކުރައްވަމުން ގެންދަވަނީ، އެފަދަގޮތަކަށް އަމަލުކޮށްފިނަމަ ދައުލަތަށް ފޫނުބެދޭ ގެއްލުމެއް ލިބިދާނެ ކަމަށްޓަކައެވެ.
މެމްބަރު ޢަލީ އެމޭރުމުން ވިދާޅުވީ، އެމައްސަލާގައި ދާންދޫ ދާއިރާގެ މަޖިލިސްމެމްބަރު ޔައުޤޫބް އަބުދުﷲ، "ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ވަރަށް އަވަހަށް ދޭނެ" ކަމަށް ދައްކަވާފައިވާ ވާހަކައާއި ގުޅިގެން މިހާރު ނޫހުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުންނެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ވަނީ މިމައްސަލާގައި ނުރުހި ވަޑައިގެން ޓްވީޓްވެސް ކުރަށްވާފައެވެ. އެ ޓުވީޓުގައި ޔައުޤޫބު ވިދާޅުވެފައި ވަނީ އެމްއޭސިއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއާއި ހަވާލުކުރަން އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއެއާއި ހަވާލުކޮށްފިނަމަ އެބަޔަކު ޖަވާބުދާރީ ކުރަން ފަސްނުޖެހޭނެ ކަމަށް ޔައުޤޫބް ވިދާޅުވެފައި ވެއެވެ. އަދި އެބަޔަކު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް ފިޔަވަޅު އަޅާނެކަމަށްވެސް ޔައުޤޫބް ވިދާޅުވިއެވެ.
MACL ge Seaplane Terminal v avahah TMA aa havaalukuraanekamah mauloomaath ebalibey. Dhaulathah gellunvaagothah Ethan TMA aa havaalukoffinama ebayaku javaabudhaareekuruvan alhugandu fasnujeheynan. Maaliyyath committee in mikan balaa fiyavalhu alhaanan. @ACC_Maldives @Mihaarunews
— Yaugoob Abdulla (@Yaugoob181) January 15, 2020
މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޔައުޤޫބަކީ ސީޕްލޭން އޮޕަރޭޓް ކުރާ ދިވެހި ކުންފުނިތައް ވެސް އޮއްވައި، އެ ފަރާތްތަކަށް މާކެޓްގެ ވާދަވެރިކަން ހަނިވާ ގޮތަށް ހަމައެކަނި ޓީއެމްއޭއަށް، އާ ސީޕްލޭން ޓާމިނަލް ދިނުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ އެއް މެމްބަރެވެ.
އެމްއޭސިއެލްގެ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލިސްގެ މާލިއްޔަތު ކޮމެޓީއިންވެސްވަނީ ނިންމާފައެވެ. އެކަމަށް އޭސީސީއިން ހުއްދަ ދީފައި ނުވާއިރު، އޮޑިޓަރ ޖެނެރަލްވެސް ވަނީ އެކަމާ ދެކޮޅަށް ލަފާދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!