ވަރުގަދަ ސެންސަރުތަކާއި ދިގު ބެޓެރީ ލައިފާއެކު ހޮނިހިރު ދުވަހު އައުރާ ކުންފުނިން އެންމެ ފަހުގެ ސްމާޓް ރިންގް، އައުރާ ރިންގް 4 ބައެއް ބާޒާރުތަކަށް ނެރެފިއެވެ.

މި އައު ސްމާޓް ރިންގްގައި ވަރަށް ގިނަ އައު ސިފަތަކެއް ހިމެނެއެވެ.

Ad
rt

އައުރާ ރިންގް 4 ގައި ހިމެނޭ މައިގަނޑު ސިފަތަކުގެ ތެރޭގައި އަލުން ޑިޒައިންކޮށްފައިވާ ޓައިޓޭނިއަމް 6 ކުލައެއްގައި ލިބެންހުރުން، އޫރާ އެޕާ ގުޅޭގޮތަށް ހަދާފައިވުން، ބްލޫޓޫތު ލޯ އެނަރޖީ (އެލްއީ) ކަނެކްޓިވިޓީ ސަޕޯޓްކުރުން، 12 ސައިޒެއްގައި ލިބެންހުރުން އަދި ސްމާޓް ސެންސިންގ ޓެކްނޮލޮޖީ ހިމެނެއެވެ.

މީގެ އިތުރުން، މި ރިންގް 100 މީޓަރުގެ ފުންމިނަށް ފެނުތެރެއަށް އަޑިއަށް ދެވޭގޮތަށް ހަދާފައިވާއިރު، ލޭގައި އޮކްސިޖަން މިންވަރު، ހިތުގެ ވިންދު، ނޭވާލުމުގެ ރޭޓު އަދި ހަށިގަނޑުގެ ހޫނުމިން ބެލޭގޮތަށްވެސް ހުރެއެވެ.

އައުރާ ރިންގް 4 ގެ އަގު 349 ޑޮލަރުން ފެށޭއިރު، މި ރިންގް އެމެރިކާ، އިނގިރޭސިވިލާތް އަދި ބައެއް ޔޫރަޕުގެ ގައުމުތަކުގައި ޕްރީ-އޯޑަރ ކުރެވެން ފަށާފައިވެއެވެ. އެކަމަކު ޝިޕްކުރަން ފަށާނީ އޮކްޓޯބަރު 15 ގައެވެ.

އައުރާ ރިންގް 4 ގައި 8 ދުވަހުގެ ބެޓެރީ އުމުރެއް ލިބޭއިރު، ޗާޖުކުރަން 20 މިނެޓުން 80 މިނެޓާ ދެމެދުގެ ވަގުތެއް ނަގާނެއެވެ. އަދި އައުރާ އެޕްގެ އަޕްޑޭޓެޑް ވަރޝަނުން މިހާރު ލިބޭނީ ސްޓްރެސް، ހަރަކާތްތެރިކަމާއި، ރީޕްރޮޑަކްޓިވް ހެލްތާ ގުޅޭ ތަފްސީލީ މަޢުލޫމާތެވެ.

އައުރާ ލެބްސް މިހާރު ވަނީ އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ތަޢާރަފުކޮށްފައެވެ.