އެމެރިކާގެ ޒުވާނުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓޫދޭނީ ނައިބު ރައީސް ކަމަލާ ހެރިސްއަށް ކަމަށް ދާދިފަހުން ނެގި ޕޯލަކުން ދައްކައިފިއެވެ.
އެމެރިކާގެ 30 އަހަރުން ދަށުގެ ވޯޓުލާ އުމުރުގެ މީހުންގެ މެދުގައި ކުރެވުނު މި ސާވޭއިން ދައްކާ ގޮތުގައި، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދެބައިކުޅައެއްބައި މީހުން ވޯޓުދޭނީ ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސްއަށެވެ. އަދި ތިންބައިކުޅައެއްބައި މީހުން ވޯޓުދޭނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ.
ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ (އެންބީސީ) ގެ "ސްޓޭ ޓިއުންޑް ޖެން ޒެޑް ޕޯލް" ގެ ނަތީޖާތަކުން ދައްކާ ގޮތުގައި، އިތުރު 10 އިންސައްތަ މީހުން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުނުލާނެ ކަމަށެވެ.
ޒުވާނުންގެ މެދުގައި ކުރެވުނު މި ސާވޭގެ ނަތީޖާތައް މިފަދައިން އައިސްފައިވަނީ، 2024 ވަނަ އަހަރު އެމެރިކާގެ ޒުވާނުން އިޤްތިޞާދީ އަދި ސަޤާފީ ގޮތުން އައު ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި އަގުތައް މައްޗަށް ދިއުމާއި، ދަރަނީގެ ސަބަބުން ޒުވާނުންގެ ބައެއް މުހިންމު ދިރިއުޅުމުގެ ކަންތައްތައް ފަސްކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
މި ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށް ލިބޭ ތާއީދު މި އަހަރު ކުރިން ކުރެވުނު ބައެއް ސާވޭތަކަށް ވުރެ މަތިވިނަމަވެސް، 2020 ވަނަ އަހަރާ އަޅާބަލާއިރު ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!