މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ ދިހައެއް ޖަހަން ކައިރިވެފައި ހުއްޓާ މާލޭގެ މާފަންނުގައި ހުންނަ ކަންދަރު ގޭގައެވެ. މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ޑިސްޓްރިބިއުޝަން ބޯޑެއްގައެވެ.
އެމްއެންޑީއެފުން ބުނީ އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 21:56 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެތަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
''ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ޑިސްޓްރިބިއުޝަން ބޯޑުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 22:07 ހާއިރު'' އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!