ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގަށް ހާޒިރުވާން އަންގައި އިއުލާންކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަަހުގީގަށް ހާޒިރުވާން އަންގައި ޢިއުލާންކޮށްފައި ވަނީ، ނޫޙް މުޙައްމަދު ނަޢީމް (35އ)، ޝާދީވިލާ/ނ. ކެނދިކުޅުދޫ އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ނޫހް މުހައްމަދު ނަޢީމް ހާޒިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ސުވަލު ކުރުމަށް އޭނާ ހާޒިރުވާން އަންގާފައި ވަނީ 15 ނޮވެމްނަރު 2023 ވަނަ ދުވަހުގެ 14:00 އަށް ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!