އެންމެ ހެޔޮލަފާ ސޯލިހު ތަގުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާއި ތާއީދެއް ނުލިބޭކަމަށް ހޯމް މިނިސްޓަރ އަަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެ ހެޔޮލަފާ ސޯލިހު ތަގުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާއި ތާއީދެއް ނުލިބޭ ކަމަށާއި އަދި އެންމެ ނުބައި ނުލަފާ ޖައްބާރު މީހާއަށް އެންމެން ދެކޮޅުވެރިވެ ނަފްރަތުވެސް ނުކުރާ ކަމަށެވެ.

Ad
rt

"އާންމު ގޮތެއްގައި، ހެޔޮ މީހުން ލޯބިވަނީ ހެޔޮ މީހުން ދެކެއެވެ. ނުބައިމީހުން ލޯބިވަނީ ނުބައިމީހުން ދެކެއެވެ."

އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙާއި ގުޅޭގޮތުން ކަމުގައި ލަފާކުރެވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ލީޑު ކުރައްވާ އަދާލަތު ޕާޓީން ވަނީ އެމްޑީޕީއަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ނިންމާފައެވެ. ނަމަވެސް މިހާރުވެރިކަން ކުރަމުން އަންނަ ކޯލިޝަންގައި ހިމެނޭ ޖޭޕީއިން ރޭވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ކައުންސިލަށް ލަފާދިނުމަށް ގަރާރެއް ފާސްކޮށްފަ އެވެ.

މިފަހަކަށް އައިސް އިމްރާން ގެންދަވަނީ ސިޔާސީ ކަންކަމާއި ގުޅިގެން ސިދާގޮތުންނާއި ނުސީދާގޮތުން ޓުވީޓުކުރައްވަމުންނެވެ.