ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެރަށު ކަނބަލުންނަށް ބާއްވާ ހޭންޑް ބޯޅަ މުބާރާތުގެ 2 ވަނަ މުބާރާތް ފަށައިގެން ކުރިއަަށް އެބަ ދެއެވެ.
"ދިއްދޫ ރައީސް ކަޕް ހޭންޑް ބޯލް މުބާރާތް 2022"ގެ ނަމުގައި އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ބުރާތް މިދިޔަ ބުދަ ދުވަހުގެ ރޭ ފަށާފައިވާއިރު، މިމުބާރާތުގައި 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަަށް 2،000 ރުފިޔާ އަދި ފެއާ ޕްލޭ ޓީމަކަށް 1،000 ރުފިޔާ ކަނޑައަޅާފައި ވެއެވެ.
މިރޭ ކުޅޭނީ މި މުބާރާތުގެ ތިން ވަނަ މެޗެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ.
މި މުބާރާތަކީ ދިއްދޫގެ އަންހެންވެރިން ބާރުވެރިކުރުމާއި މި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އަންހެން ކަންބަލުންގެ މެދުގައި އިތުރުކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ބޭއްވޭ ހޭންޑް ބޯލް މުބާރާތެއްކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ވަނީ މައުލޫމާތު ދެއްވާފައެވެ.
މި މުބާރާތުގެ ހުރިހާ ހަރަދެއް ކުރަށްވާފައި ވަނީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!