ކުރިއަށް އޮތް ޗުއްޓީއާއި ދިމާކޮށް ބޮޑެތި ޑާޓާ އެލަވަންސް ތަކާއެކު އުރީދޫ މޯލްޑިވްސްގެ މަގޭ ޕްލޭންގެ މުޅިން އާ ޕެކްތަކެއް ތައާރަފު ކޮށްފިއެވެ.
މި ޕެކުތަކުގައި ހިމެނެނީ މަގޭ 450 އާއި މަގޭ 500 އަދި މަގޭ 750 އެވެ.
މަގޭ 450ގައި 450 ރުފިޔާއަށް މުޅި މަސްދުވަހު ބޭނުންކޮށްލަން 85 ޖީބީ ލިބޭނެއެވެ. އަދި މަގޭ 500ގައި 500 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުންކޮށްލަން 100 ޖީބީ ލިބޭއިރު މަގޭ 750ގައި 750 ރުފިޔާއަށް މުޅި މަސް ދުވަހު ބޭނުންކޮށްލަން 150 ޖީބީ ލިބިގެންދާނެއެވެ.
އަންނަ ބުރާސްފަތިން ފެށިގެން އަންނަ މަހުގެ ފަހަކާއި ހަމައަށް ސްކޫލު ތަކުގެ ފުރަތަމަ ޓާމަށް ބަންދުވެ ޗުއްޓީއެއް ލިބޭއިރު މި ޗުއްޓީގެ ތެރޭގައި ބޭނުންކޮށްލެވޭނެހެން އުރީދޫގެ އެޕް މެދުވެރިކޮށް މިހާރު ފަސޭހަ ކަމާއެކު މި ޕެކްތައް އެކްޓިވޭޓް ކޮށްލެވޭނެކަމުގައި އުރީދޫއިން ބުނެއެވެ.
އުރީދޫ އިން އަންނަނީ ތަފާތު އެކި މުނާސަބާތަކާ ގުޅިގެން އެ ކުންފުނީގެ ކަސްޓަަމަރުންނަށް ހާއްސަ ޕްލޭންތައް ތައާރަފު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!