އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ.ކުޅުދުއްފުށި ސޭޑީކޯނަރ ޙަސީނާ ޙަސަން އަށް އެހީތެރިކަން ހޯދުމުގެ ގޮތުން ނެެއްލައިދޫ ކަނބަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ “ހެލްޕް ޙަސީނާ“ ގެ ހަރަކާތަށް ދިހަހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
މިއަދު ހަވީރު 4 އިން 6 އަށް ކުރިޔަށްދިޔަ އެހީ ހޯދުމުގެ މި ހަރަކާތުގައި ތަފާތު ކާތަކެތި ވިއްކައިގެންނާއި ބެހެއްޓުނު ފަންޑު ފޮށިން ޖުމްލަ 9772.50ރ (ނުވަހާސް ހަތް ސަތޭކަ ހަތްދިހަ ދެ ރުފިޔާ ފަންސާސް ލާރި) އާއި 73 ޑޮލަރާއެކު ޖުމްލަ 10898.16ރ (ދިހަ ހާސް އަށްސަތޭކަ ނުވަދިހަ އަށް ރުފިޔާ ސޯޅަ ލާރި) ލިބިފައިވެއެވެ.
މިއަދު ހަވީރު ނެއްލައިދޫ ކޮމިއުނިޓީ ޕާކްގައި ކުރިޔަށްދިޔަ މި ހަރަކާތުގައި ނެއްލައިދޫގެ އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.
ނެއްލައިދޫ ރައްޔިތުންނަކީ މިފަދަ ކަންކަމުގައި ލާމަސީލު މިސާލެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން މީގެ ކުރިންވެސް މިފަދަ އެހީ ހޯދުމުހެ ހަރަކާތްތަކުގައި ގިނަ އަދަދަކަށް ފައިސާ ހޯދާ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!