ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ "އާސްކް ސްޕީކަރ" ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު ބޭއްވުމަށް ނިންމަވައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 1 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 2:15 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ.

Ad
rt

މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް، މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވަވާއިރު، އެ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައްވާފަ އެވެ.

އެގޮތުން ކުރައްވަން ބޭނުންފުޅުވާ ސުވާލު، ފޯނުން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް މަޖިލިސް އިދާރާ އިން ވިދާޅުވެ އެވެ. އަދި ޕްރޮގްރާމް ލައިވްކޮށް (ވަގުތުން) ސުވާލު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ވެސް ނަން ނޯޓު ކުރުމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވެ އެވެ.

އެފަރާތްތަކުން ޑިސެމްބަރ 1 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ނަން ނޯޓު ކުރެއްވުމަށް އެ އިދާރާ އިން ވަނީ އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ އިދާރާ އިން ވިދާޅުވީ އެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން 723 4566 އަށް މެސެޖު ކުރައްވައިގެން ނަން ނޯޓު ކުރެވޭނެ ކަމަށާއި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރެއްވުމަށް ޕޯސްޓޫ ކުރައްވާއިރު، #AskSpeaker ބޭނުން ކުރެއްވުން އެދޭ ކަމަށެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ޕްރޮގްރާމްގެ ގަޑި ބަދަލުކުރީ އެރޭ ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅޭ މެޗް އޮންނާތީ. ކަމަށާއި މަޖިލީހުގެ އިދާރާގައި ބާއްވަނީ ޓީވީއެމްގެ ބޮޑު ސްޓޫޑިއޯ ވޯލްޑްކަޕްގެ ޝޯއަށް ބޭނުންކުރާތީ ކަމަށެވެ. އަދި ދެން ހުރި ސްޓޫޑިއޯއަށް އާންމުން ވަންނާނެ ޖާގަނެތީމަ ކަމަށެވެ.

މީގެ އިތުރުން ބައިވެރިވާން ބޭނުންވާ ވީހާވެސް ގިނަ ބޭފުޅުންނަށް ވަނުމުގެ ޖާގަ އޮތް ތަނެއްގައި ބޭއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.